މާލޭ ސިޓީ އިން ހަރުފައެއް ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރެއިން ހަރުފައެއް ފެނިއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަރުފަ ފެނިފައިވަނީ މާފަންނުގައި ހުންނަ މާރުދާނުގެ ކިޔާ ގެއަކުން ނެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، މި ހަރުފަ ފެނިފައ...

04 Sep 2021 | 12:48

މާލޭގެ ގެއެއްގެ ތެރެއިން ހަރުފައެއް ފެނިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަރުފަ ފެނިފައިވަނީ މާފަންނުގައި ހުންނަ މާރުދާނުގެ ކިޔާ ގެއަކުން ނެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހަރުފަ ފެނިފައި ވަނީ މިއަދު މެންދުރު 15:33 ގައި ކަމަށެވެ. އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އިން މި ހަރުފަ ހިފައި، ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގައި ހަރުފަ ގެންގުޅުމަކީ މަނާ ކަމެކެވެ.

މިދިޔަ ޖޫން މަހު ވެސް މާފަންނު ގުދަނެއްގެ ތެރެއިން ހަރުފައެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެފައި ވެއެވެ.

އެފަހަރު ފެނިފައިވަނީ ބާމީން ޕައިތަން އާއިލާގެ އެއްޗެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް