އެކްސަރސައިޒް "ލެންޓާން މެޓަލް" ގައި އެމެރިކާގެ އަސްކަރިއްޔާގެ އެހީގައި ދިވެހި އަސްކަރިއްޔާގެ 36 ސިފައިން ތަމްރީނު ކޮށްދީފި އެވެ.
ދިވެހި ގައުމީ ދިފާއީ ބާރާއި އެމެރިކާގެ އަސްކަރިއްޔާއިން ގުޅިގެން ކުރިއަށް ގެންދާ އެކްސާސައިޒް ލެންޓާން މެޓަލް ސީރީޒްގެ ފުރަތަމަ ޓްރެއިނިން އެކްސަރސައިޒް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ އެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ ލ. ކައްދޫގައި ހުންނަ އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކޮމާންޑުގަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ އެކްސަރސައިޒް ލެންޓާން މެޓަލްއަކީ ރާއްޖެ އާއި އެމެރިކާއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް އަދި ވަރުގަދަ އަސްކަރީ ގުޅުމުގެ ހެއްކެއް ކަމަށެވެ.
މިދިޔަ އަހަރު ސޮއިކުރި ޑިފެންސް ފްރޭމްވޯކް އެގްރީމެންޓުގެ ސަބަބުން ދިފާއީ ގޮތުން ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށް ވެސް އެކަމަނާ ވިދާޅު ވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް