ކުޅުދުށްފުށީ މާރުކޭޓް ކޯވިޑް-19 ޖެހޭ މީހުންނަށް ޚާއްސަ ފެސިލިޓީއަކަށް

ކުޅުދުއްފުށި ސިޓީގެ ލޯކަލް މާރުކޭޓް ކޯވިޑް-19 ޖެހޭ މީހުންނަށް ހާއްސަ ފެސިލިޓީއަކަށް ބަދަލު ކުރަން ނިންމައިފި އެވެ. މިކަމާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަ...

04 Sep 2021 | 11:45

ކުޅުދުއްފުށި ސިޓީގެ ލޯކަލް މާރުކޭޓް ކޯވިޑް-19 ޖެހޭ މީހުންނަށް ހާއްސަ ފެސިލިޓީއަކަށް ބަދަލު ކުރަން ނިންމައިފި އެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކުޅުދުއްފުށީ ސިޓީގައި ފްލޫ ކްލިނިކެއްގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ ލޯކަލް މާރުކޭޓު ކޯވިޑް ފެސިލިޓީއަކަށް ބަދަލު ކުރަން ބޭނުންވާ ކަމަށެވެ.

މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 13 ވަނަ ދުވަހުގެ މެންދުރު 1:30 އާހަމައަށް އީމެއިލް މެދުވެރިކޮށް ވެސް ކުރިމަތިލެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެ އެވެ.

ކުޅުދުއްފުށި ސިޓީގައި މިހާރު ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަނީ ވަގުތީ އިމާރާތެ ކެވެ. އެ ސިޓީގައި ކޯވިޑަށް ފަރުވާ ދެވޭނެ ރަނގަޅު ފެސިލިޓީއެއް ނެތުމުގެ ކަންބޮޑުވުން ރައީސް ޞާލިހާވެސް ވަނީ ހިއްސާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް