ކްރިޕްޓޯ ކަރަންސީއަކީ 'ދުނިޔޭގެ މުސްތަޤްބަލު' ކަމަށް ބުނެ ސަނީ ލިއޯންވެސް އެންއެފްޓީ ތައާރަފް ކުރަނީ

ބޮލީވުޑުގެ މަޝްހޫރު ފަންނާނު ސަނީ ލިއޯން އޭނާގެ ވެބްސައިޓުގައި އެންއެފްޓީ ތަޢާރަފް ކުރަން ނިންމައިފިއެވެ. މިއީ އަމީތާބު ބަޗަންއަށް ފަހު ބޮލީވުޑުގެ ތަރިއެއް އެންއެފްޓީ ލޯންޗު ކުރުމުގެ ޝައުޤުވެރިކަން ފާ...

04 Sep 2021 | 09:52

ބޮލީވުޑުގެ މަޝްހޫރު ފަންނާނު ސަނީ ލިއޯން އޭނާގެ ވެބްސައިޓުގައި އެންއެފްޓީ ތަޢާރަފް ކުރަން ނިންމައިފިއެވެ. މިއީ އަމީތާބު ބަޗަންއަށް ފަހު ބޮލީވުޑުގެ ތަރިއެއް އެންއެފްޓީ ލޯންޗު ކުރުމުގެ ޝައުޤުވެރިކަން ފާޅު ކުރި ފުރަތަމަ ފަހަރެވެ.

ނޮން ފަންޖިބަލް ޓޯކެންސް، އެންއެފްޓީއަކީ ޙަޤީޤީ ދިރިއުޅުމުގައި ގެންގުޅޭ ތަކެތި ރަމްޒު ކޮށްދޭ ޑިޖިޓަލް އެސެޓްތަކެއް ކަމަށް ވާއިރު، އެންއެފްޓީ ބޭނުން ކުރުން މިހާރު އަންނަނީ ވައިގައި ހިފާ ޓްރެންޑަކަށް ވަމުންނެވެ. ގިނަ އަދަދެއްގެ މަޝްހޫރު ފަންނާނުންވެސް މިހާރު އަންނަނީ އެންއެފްޓީގެ ޓްރެންޑުގައި ޖެހެމުންނެވެ.އަދި މިއީ ބްލޮކްޗެއިން އާއި އާރޓުގެ ދުނިޔޭގައި މިހާރު އެންމެ މަޤްބޫލު އެއް ވަސީލަތްވެސް މެއެވެ.

ބޮލީވުޑުގެ ޚަބަރުތައް ބުނާ ގޮތުން، މިހާރު ސަނީ ލިއޯންވެސް އަންނަނީ މި ޓްރެންޑު އޭނާގެ ވެބްސައިޓަށް ގެނެއުމުގެ މަސައްކަތް ކުރަމުންނެވެ.ސަނީ ލިއޯން ބުނާ ގޮތުުގައި ކްރިޕްޓޯއަކީ ދުނިޔޭގެ މުސްތަޤްބަލު ކަމަށް ވާއިރު، އެންއެފްޓީ މެދުވެރިކޮށް އޭނާއަށް އޭނާގެ ފަންނީ ހުނަރުތައް މީހުންނާއި ހަމައަށް އޭގެ އަސްލު ނުގެއްލޭ ގޮތަށް ގެނެސް ދިނުމުގެ ފުރުސަތު ލިބިގެން ދެއެެވެ.އޭނާގެ ވެބްސައިޓުގައި މި ކަން ތައާރަފް ކުރުމަށް އޭނާ ހުރީ ކެތްމަދުވެފައި ކަމަށްވެސް ސަނީ ލިއޯން ވަނީ ބުނެފައެވެ.

އެންއެފްޓީގެ ގޮތުގައި އާރޓާއި މިއުޒިކް އަދި ގޭމުތަކުގައި ގެންގުޅޭ ސާމާނުގެ އިތުރުން ވީޑިއޯތައް ބޭނުން ކުރާއިރު، މި ތަކެތީގެ ކޮޕީ ނުވަތަ 'ފޭކު' ހެދުމަކީ ކުރެވޭނެ ކަމެއް ނޫނެނެވެ. އެންއެފްޓީގައި ހިމެނޭ 'ނޮން ފަންޖިބަލް'ގެ މާނައަކީވެސް މިއެވެ. އެހެން ކަމުން، އެންއެފްޓީއެއްގެ އަސްލަކަށް ބަދަލެއް ނާންނާނެއެވެ.ނަމަވެސް އެންއެފްޓީއަކީ ޕްރޮގްރާމް ކުރުމުގައި އެެެއްގޮތް ކަމެއް ހުރި ނަމަވެސް ކްރިޕްޓޯކަރަންސީއާއި ކުޑަ ތަފާތެއް ހުންނަ އެއްޗެކެވެ.އެންއެފްޓީވެސް ޕްރޮގްރާމް ކުރަނީ ބިޓްކޮއިންއާއި އެތިރިއަމްފަދަ ކްރިޕްޓޯ ކަރަންސީ ޕްރޮގްރާމް ކުރާ ގޮތަށެވެ.2014 ވަނަ އަހަރުން ފެށިގެން އެންއެފްޓީ އާންމު ވެފައި ވާއިރު، އެންއެފްޓީއަށް މަޤްބޫލުކަން ލިބެން ފަށާފައި ވަނީ ދާދި ފަހުންނެވެ. 2017 ވަނަ އަހަރުން ފެށިގެން އެންއެފްޓީއަށް 174 މިލިއަން ޑޮލަރުގެ ޚަރަދު ކޮށްފައި ވެއެވެ.އެންއެފްޓީއެއް ވިކޭ ކޮންމެ ފަހަރަކު އޭގެ ވެރި ފަރާތަށް ކްރިޕްޓޯކަރަންސީގެ ގޮތުގައި ބެޑެތި ފައިދާތަކެއް ލިބެއެެވެ.

ސަނީ ލިއޯން މިހާރު ވަނީ އޭނާގެ އެންއެފްޓީތަކަށް ޚާއްސަކޮށްގެން ވެބްސައިޓެެެއް އެކުލަވާލާފައެވެ.އަދި ސިލިކަން ވެލީގައި ޙަރަކާތްތެރިވާ މިންޓްޑްރޮޕްސްއާއި ޕާރޓްނަރޝިޕެއް އުފެއްދުމުގެ މަސައްކަތްވެސް އޭނާ އަންނަނީ ކުރަމުންނެވެ.ސަނީ ލިއޯންގެ އިތުރުން އަމީތާބު ބަޗަންއާއި ތަމަޅަ ފިލްމީ ދުނިޔޭގެ ރަސްގެފާނު ރަޖްނީކާންތު ވެސް ވަނީ އެންއެފްޓީ ތައާރަފް ކުރުމުގެ ޝައުޤުވެރިކަން ފާޅު ކޮށްފައެވެ.މިއަހަރުގެ ޖޫން މަހު އިންޑިއާގެ ބާޒާރަށް އެންއެފްޓީ ތަޢާރަފް ކޮށްފައި ވަނީ ވަޒިރްއެކްސް ނަމަކަށް ކިޔާ މަންސައެއް މެދުވެރި ކޮށްގެންނެވެ.ކެންވަސް އާޓިސްޓުންނާއި ޑިޖިޓަލް އަރޓިސްޓުންގެ އިތުރުން ގިނަ ބަޔަކު މިހާރުވެސް އަންނަނީ މި މަންސައިގައި އެ މީހުންގެ ޓޯކެންތައް ވައްކަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް