ޔުނައިޓެޑަށް ރޮނާލްޑޯ ކުޅޭނީ ހަމަ 7 ނަމްބަރު ޖާޒީގައި!

މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އެ ޓީމުގައި ކުޅޭނީ 7 ނަންބަރު ޖާޒީއަށް ކަމަށް ޔުނައިޓެޑުން ހާމަކޮށްފިއެވެ. އެއީ ކުރިން ވެސް އޭނާ އެ ޓީމުގައި ކުޅުނު ޖާޒީ އެވެ، އ...

04 Sep 2021 | 09:18

މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އެ ޓީމުގައި ކުޅޭނީ 7 ނަންބަރު ޖާޒީއަށް ކަމަށް ޔުނައިޓެޑުން ހާމަކޮށްފިއެވެ.

އެއީ ކުރިން ވެސް އޭނާ އެ ޓީމުގައި ކުޅުނު ޖާޒީ އެވެ، އެކަމަކު މި ފަހަރު އެ ނަމްބަރު ޖާޒީ ލިބުނީ ޔުނައިޓެޑުގެ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ 21 ނަންބަރު ޖާޒީއަށް ކުޅެން އެއްބަސްވުމުންނެވެ.

ޔުނައިޓެޑުގެ 7 ނަންބަރު ޖާޒީ އަލުން ލިބުމާއެކު ރޮނާލްޑޯ ބުނީ ހަތް ނަންބަރު ޖާޒީ ލިބޭނެ ކަމަށް އުއްމީދުނުކުރާ ކަމަށެވެ. އެކަމަކު ކަވާނީ އެހެން ނަންބަރަކަށް ކުޅެން އެއްބަސްވެ، އޭނާގެ 7 ނަންބަރު ޖާޒީ އަލުން ދިނުމުން އެކަމަށް ޝުކުރުއަދާކުރާ ކަމަށްވެސް ބުންޏެވެ.

ޕޯޗުގަލުގެ ސްޕޯޓިން ލދޫކޮށް 2003 ވަނަ އަހަރު ރޮނާލްޑޯ އެންމެ ފުރަތަމަ ޔުނައިޓެޑާ ގުޅުނީ އޭރުގެ ރިކޯޑު ފީއެއް ކަމަށްވާ 12.24 މިލިޔަން ޕައުންޑަށެވެ. އެކަމަކު 2008 ވަނަ އަހަރު ރޮނާލްޑޯ ވަނީ ޔުނައިޓެޑް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވެފައެވެ. އެހެންކަމުން ރޮނާލްޑޯ އަލުން ޔުނައިޓެޑުގެ ޖާޒީގައި ފެނިގެންދާނީ 12 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުން ޔުނައިޓެޑް ލީގުގައި ނިއުކާސަލްއާއި ދެކޮޅަށް މިމަހުގެ 11 ވަނަ ދުވަހު ކުޅޭ މެޗުގެ ކުރިން ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ރޮނާލްޑޯއަށް ލިބޭނީ އެންމެ ތިން ދުވަހެވެ. ނަމަވެސް ނިއުކާސަލްއާއި ދެކޮޅަށް ރޮނާލްޑޯ ކުޅޭނެކަމަށް ރިޕޯޓުތަޢް ބުނެއެވެ. ޔުނައިޓެޑާއި ދެކޮޅަށް ރޮނާލްޑޯ ކުޅޭނީ އޭނާ ކުރިންވެސް އެ ކުލަބުގައި ކުޅުނު އޭނާގެ ރަސްމީ ހަތް ނަމްބަރު ޖާޒީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް