ސަނީ ލިއޯން ގެ ވީޑިއޯ އަދި ފޮޓޯތަކުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ދޮރެއް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ހީނަރުވެފައިވާ އިގްތިސޯދަށް އާނޯކަން އަންނަންފެށީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާ ފަތުރުވެރިން އަންނަން ފެށުމުން ނެވެ. ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ގައު...

04 Sep 2021 | 07:57

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ހީނަރުވެފައިވާ އިގްތިސޯދަށް އާނޯކަން އަންނަންފެށީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާ ފަތުރުވެރިން އަންނަން ފެށުމުން ނެވެ.

ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ގައުމަކަށް ވާ އިރު، އާބާދީގެ ބޮޑުބައެއްގެ ޢާއިލާގެ އާމްދަނީ ވެސް ބަރޯސާވެފައި އޮތީ ފަތުރުވެރިކަމަށެވެ. އެހެންކަމުން ރާއްޖެއަށް ފަތުރުވެރިން އަންނަން ފެށުން ވެގެން ދިޔައީ އެ ޢާއިލާތަކަށް އަދި މުޅި ދިވެހިރާއްޖެއަށް އުފާވެރިކަން ގެނެސްދިން ކަމަކަށެވެ.

މިގޮތަށް ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ވެސް މަޝްހޫރު އެތައް ފަންނާނުންނެއް ރާއްޖެއައިސް ކޮށްލާ އެންމެ ޕޯސްޓަކުން ވެސް ރާއްޖޭގެ ރީތިކަން އިތުރަށް ހާމަވެގެން ދެއެވެ.

އެގޮތުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސަނީ ލިއޯން އަންނަނީ ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ އެތައް ވީޑިއޯއަކާއި ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކުރަމުން ނެވެ. އޭނާ މިގޮތަށް ދޫކޮށްލާ ކޮންމެ ޕޯސްޓަކީ އެތައްހާސް ބަޔަކަށް ރާއްޖޭގެ ނަލަ ޗާލުކަން ފެނިގެންދާނެ ޕޯސްޓުތަކެކެވެ.

އެތައް މިލިއަން މީހުން ފޮލޯ ކުރާ ރީތީގެ ލާމަސީލު، "ސަނީ ލިއޯން" ގެ މިފަދަ ޕޯސްޓުތަކުން "މުތްތަކެއް" ފަދަ ޖަޒީރާ މި ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ދޮރުތަކެއް ހުޅުވި، އެތައް ގައުމެއްގައި ރާއްޖެ އިޝްތިހާރުވާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް