އައްޑޫ ސިޓީ އެއްކޮށް އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޯވިޑް ކޭސްތަކަކާއި ގުޅިގެން މިއަދު ހުޅުމީދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެ ސިޓީގައި މިއަދާއި ހަމައަށް މޮނިޓަރިންގެ ހާލަތުގައި ނެތީ އެ ރަށް އެކަންޏެވެ.
އެޗްޕީއޭއިން ބުނީ ހުޅުމީދޫން ފެނުނު ކޭސްތަކުގެ ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މިދިޔަ މަހުގެ28 ވަނަ ދުވަހު ވަނީ އައްޑޫގެ ގުޅިފައިވާ ރަށްތައް ކަމަށްވާ ހިތަދޫ، ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫ މޮނިޓަރިންއަށް ލާފަ އެވެ.
އައްޑޫ ސިޓީގެ ހުރިހާ ރަށްތަކެއް މޮނިޓަރިންއަށް ލީއިރު ސިޓީގައި ކޯވިޑްގެ ހާލަތު ދަނީ ވަރަށް ބޮޑަށް ގޮސްވަމުންނެވެ. އެގޮތުން މިހާރުވެސް200 އަށްވުރެ ގިނަ އެކްޓިވް ކޭސް އެބަހުއްޓެވެ.
އެންމެ ފަހުން މޮނިޓަރިންއަސް ލާފައިވަނީ ރ. މަޑުއްވަރީ މިމަހުގެ އެއް ވަނަ ދުވަހު އެވެ.
މިވަގުތު މޮނިޓަރިންގެ ހާލަތުގައި 22 ރަށެއް އެބަ އޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް