ލަންކާގައި އިއުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފި

ލަންކާގައި އިއުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ. އެގައުމުގެ ސަރުކާރުން ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން އެ ގައުމުގެ ލޮކްޑައުންގެ މުއްދަތު 10ދުވަހަށް އިތުރުކުރުމަށް ނިންމާފައިވާ...

04 Sep 2021 | 07:29

ލަންކާގައި އިއުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެގައުމުގެ ސަރުކާރުން ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން އެ ގައުމުގެ ލޮކްޑައުންގެ މުއްދަތު 10ދުވަހަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިދިޔަ އޯގަސްޓު މަހުގެ 21 ވަނަ ދުވަހު ސްރީލަންކާ ފުރަބަންދުކުރީ އެ ގައުމުގައި ފަހުން ފެތުރެން ފެށި ޑެލްޓާ ވޭރިއެންޓާއެކު ހާލަތު ގޯސްވާން ފެށުމުން ނެވެ.

ސްރީލަންކާގެ ސަރުކާރާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނި މިވަގުތު އެ ގައުމުގައި ތިބި ބޭރު މީހުންގެ ވިސާ އިތުރު 30 ދުވަހަށް އާކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

ފަހުގެ ވޭރިއަންޓު ޑެލްޓާ އާއެކު ދުވާލަކު 3000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިިޓިވްވަމުން އަންނަކަމަށް އަވަަށްޓެރި ސްރީލަންކާގެ ސިއްހީ މާހިރުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ވެސް ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

މި ވޭރިއަންޓާއެކު ކޮވިޑު ބަލިމީހުން އިތުރުވެ، ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ އިންޒާރު ވެސް އެގައުމުގެ ސިއްހީ މާހިރުން ވަނީ ދީފަ އެވެ.

ލަންކާ ލޮކްޑައުނަކަށް ދިއުމުގެ ކުރިން ވެސް އެ ގައުމުގައި ވަނީ ޖިމްތަކާއި، އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް މީހުން އެއްވުން ވަނީ މަނާކޮށްފަ އެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ކާފިއު ވެސް ވަނީ އިޢުލާން ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް