ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް އަތުވެއްޖެ، ފަސް ދުވަހުގެ މުއްދަތަށް ކަރަންޓީނު ވާން ޖެހޭ

އިޓަލީގެ ޔުވެންޓަސްއިން މިފަހަރުގެ ހޫނު މޫސުމުގައި އިންގެރޭސި ކުލަބު މެންޗެސްޓާ ޔުނައިޓޭޑާއި ގުޅުނު ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް އަތުވެއްޖެއެވެ. ރޭގެ ވަގުތެއްގައ...

04 Sep 2021 | 05:43

އިޓަލީގެ ޔުވެންޓަސްއިން މިފަހަރުގެ ހޫނު މޫސުމުގައި އިންގެރޭސި ކުލަބު މެންޗެސްޓާ ޔުނައިޓޭޑާއި ގުޅުނު ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް އަތުވެއްޖެއެވެ.

ރޭގެ ވަގުތެއްގައި ރޮނާލްޑޯ އޭނާގެ އަމިއްލަ ޖެޓެއްގައި ޔުނައިޓެޑަށް އައިސްފައިވާއިރު، ރޮނާލްޑޯ އާއި އެކު އޭނާގެ ލޯބިވެރިޔާ ޖޯޖީނިއާއާއި އޭނާ ހަތަރު ދަރިންވެސް އައިސްފައިވެއެވެ. ރޮނާލްޑޯ ޔުނައިޓެޑަށް އައުމާއި އެކު އެއާޕޯޓުން އޭނާއަށް މަރުޙަބާ ކިޔާފައިވަނީ ކުރިން ރޮނާލްޑޯ ޔުނައިޓެޑުގައި ކުޅުނުު ދުވަސްވަރު އޭނާއާއި އެކު ކުޅެފައިވާ ބައެއް ކުޅުންތެރިންގެ އިތުރުން ޔުނައިޓެޑުގެ ކޯޗު ސޮލްޝެއާއާއި އެސިސްޓެންޓް ކޯޗް މައިކަލް ކެރިކްއެވެ.

ރޮނާލްޑޯ ކުރިން ޔުނައިޓެޑަށް އެނބުރި އައުމަށް ހަމަޖެހިފައިވަނީ ޕޯޗުގަލް ގައުމީޓީމާއި އެކު ކުޅެން ހަމަ ޖެހިފައިވާ ވޯލްޑްކަޕް ކޮލިފައިން ދެ މެޗު ކުޅުމަށް ފަހު މި މަހުގެ ހަތް ވަނަ ދުވަހުގައެވެ. ނަމަވެސް ރޮނާލްޑޯ އެނބުރި ޔުނައިޓޭޑާއި ގުޅުން އަވަސްވީ އެންމެ ފަހުން ވޯލްޑްކަޕް ކޮލިފައިންގައި ނޯދަން އަޔަލެންޑާއި ދެކޮޅަށް ޕޯޗުގަލް ކުޅެ 1-2 އިން ޕޯޗުގަލް މޮޅުވި މެޗުގައި ލަނޑު ޖަހާ އުފާފާޅު ކުރުމުގެ ތެރޭގައި ޖޯޒީ ބޭލުމުން ދެއްކި ރީނދޫކާޑާއި އެކު ސަޕްޕެންޑް ވެ މިމަހުގެ ހަތް ވަނަ ދުވަ އަޒަރަބައިޖާން އާއި ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުގައި ނުކުޅެވޭ ގޮތް ވުމުންނެވެ. ރޮނާލްޑޯއަށް ދެ ރީނދޫކާޑް ހަމަ ވެ ސަސްޕެންޑް ވީ ނޯދަން އަޔަލެންޑް މެޗުގެ ކުރިން އަޒަރަބައިޖާންއާއި ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި ރޮނާލްޑޯއަށް ރީނދޫކާޑެއް ދައްކާފައި ވުމުންނެވެ.

ގައުމީޓީމުން ރިލީޒް ލިބިގެން ރޮނާލްޑޯ ޔުނައިޓެޑަށް އައި ނަމަވެސް އޭނާ ފަސް ދުވަހުގެ މުއްދަތައް ކަރަންޓީން ވާޖެހެއެވެ. އިނގިރޭސި ސަރުކާރުން ކޮވިޑްއާއި ގުޅިގެން ހަދާފައިވާ އުސުލޫތަކުގައި ބުނާ ގޮތުން ކަރަންޓީނުގައި ފަސް ދުވަސް ހޭދަކޮށްފައި ނޫނީ ރޮނާލްޑޯއަށް ޔުނައިޓެޑުގެ ފަރިތަކުރުންތަކުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުން ޔުނައިޓެޑް ލީގުގައި ނިއުކާސަލްއާއި ދެކޮޅަށް މިމަހުގެ 11 ވަނަ ދުވަހު ކުޅޭ މެޗުގެ ކުރިން ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ރޮނާލްޑޯއަށް ލިބޭނީ އެންމެ ތިން ދުވަހެވެ. ނަމަވެސް ނިއުކާސަލްއާއި ދެކޮޅަށް ރޮނާލްޑޯ ކުޅޭނެކަމަށް ރިޕޯޓުތަޢް ބުނެއެވެ. ޔުނައިޓެޑާއި ދެކޮޅަށް ރޮނާލްޑޯ ކުޅޭނީ އޭނާ ކުރިންވެސް އެ ކުލަބުގައި ކުޅުނު އޭނާގެ ރަސްމީ ހަތް ނަމްބަރު ޖާޒީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް