މި މަހުގެ ފަހުކޮޅު މާމިގިލީ އެއާޕޯޓުން އިންޓަނޭޝަނަލް ދަތުރުތައް ފަށަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމްގެ ވިލާ ގުރޫޕްގެ މާމިގިލީ އެއާޕޯޓުން އިންޓަނޭޝަނަލް ދަތުރުތައް މި މަހުގެ ފަހުކޮޅު ފެށުމަށް އަމާޒު ހިފައިފިއެވެ. އެ އެޕޯޓް އޮޕަރޭޓ...

04 Sep 2021 | 05:28

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމްގެ ވިލާ ގުރޫޕްގެ މާމިގިލީ އެއާޕޯޓުން އިންޓަނޭޝަނަލް ދަތުރުތައް މި މަހުގެ ފަހުކޮޅު ފެށުމަށް އަމާޒު ހިފައިފިއެވެ.

އެ އެޕޯޓް އޮޕަރޭޓްކުރާ ވިލާ އެއާއިން ބުނެފައިވަނީ މާމިގިލީ އެއާޕޯޓަށް އިންޓަނޭޝަނަލް ލައިސަންސް އަދި ލިބިފައިނުވާ ކަމަށެވެ.

ނަމަވެސް އެ އެއާޕޯޓުން އިންޓަނޭޝަނަލް ދަތުރުތައް ފެށުމަށްޓަކައި އެއާޕޯޓަށް އިންޓަނޭޝަނަލް ލައިސަންސް ހޯދުމުގެ މަސައްކަތް މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުގެ އިދާރާތަކުގައި އެދިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި މަސައްކަތުގެ އެންމެ ފަހުގެ އަދާހަމައަށް ބަލާއިރު، އިންޓަނޭޝަނަލް ލައިސަންސް ދިނުމުގެ ކުރީން ހަދަން ޖެހޭ އިންސްޕެކްޝަންތައް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިންމާލާފައެވެ.

ވިލާ އެއާއިން މަސައްކަތް ކުރަމުން ގެންދަނީ މި މަހުގެ 26 ވަނަ ދުވަހު އިންޓަނޭޝަނަލް ދަތުރުތައް ފެށުމަށެވެ. އެ ގޮތުން އެ ދުވަހު ފުރަތަމަ ފްލައިޓް އުދުއްސާލަން ވާންޖެހޭ ތައްޔާރީތައް މިހާރު އެބަ ވެއެވެ.

ވިލާގެ އިންޓަނޭޝަނަލް ފުރަތަމަ ދަތުރުތައް ކުރާނީ އެނގިފައިވާ ގޮތުގައި ބެންގަލޫރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް