2018ގެ އިންތިޚާބު ކޯލިޝަނުން ވަނީ ވަގަށް ނަގާފައި، އެހީވީ އިންޑިއާ: އަދުރޭ

2018 ވަނަ އަހަރުގެ ބޭއްވީ އިންތިޚާބު ކޯލިޝަނުން ވަގަށް ނަގާފައިވާ ކަމަށް ވިދާޅުވާ ވިދާޅުވުން ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަނެއްކާ ވެސް ތަކުރާރުކުރައްވައިފިއެވެ. އަދ...

04 Sep 2021 | 04:42

2018 ވަނަ އަހަރުގެ ބޭއްވީ އިންތިޚާބު ކޯލިޝަނުން ވަގަށް ނަގާފައިވާ ކަމަށް ވިދާޅުވާ ވިދާޅުވުން ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަނެއްކާ ވެސް ތަކުރާރުކުރައްވައިފިއެވެ.

އަދުރޭ މިހެން ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާ "އައްޑަނަ" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އަދުރޭ ވިދާޅުވީ އެކަން ކުރީ އިންޑިއާގެ އެހީގައި ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަނުން މުއައްސަސާތަކުގެ އަގު ވައްޓާލާފައިވާ ކަމަށާ ކާބަފައިންގެ ރިވެތި އުސޫލުތަކަކީ 'ކަޓު' ކަމަށް ޒުވާން ޖީލަށް ވިސްނައިދީފައިވާ ކަމަށެވެ.

މީގެ އިތުރުން މިއަދު ވެރިންނަށް ކިޔަމަންވުމާ މީހުންނަށް އިހުތިރާމް ކުރުން މަތިން ބައެއް މީހުން ހަނދާން ނައްތާލައިފި ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އަދުރޭ ވިދާޅުވީ 2013 ވަނަ އަހަރު ރައީސް ޔާމީނު ކާމިޔާބު ކުރެއްވުމާއެކު ރައްޔިތުންގެ ތުންފަތްމައްޗަށް ހިނިތުންވުން ވެރިވެގެންދިއަ ކަމަށެވެ.

އަދުރޭ ވިދާޅުވީ [ރައީސް ޔާމިންގެ ވެރިކަމުގައި] ރާއްޖެ ފުދުންތެރި ގައުމަކަށްވެ، އިގްތިސާދީ ދުވެލި ބާރުވެގެން ދިޔަ ކަމަށާ އަންހެނުންގެ ހައްގު ކަށަވަރު ކޮށްދެއްވި ކަަމަށެވެ. ނަމަވެސް އެގޮތް ކަމުނުދާ ބަޔަކު [ކޯލިޝަން ސަރުކާރުން] ރާއްޖޭގެ ސުލްހަވެރިކަން ނަގާލާފައިވާ ކަމަށެވެ.

ރޭގެ ޖަލްސާގައި ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ވަކީލު، ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. ޑރ. ޖަމީލް ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަކީ އެންމެ ހިތްވަރުގަދަ ޖަމާއަތް ކަމަށެވެ. އަދި އެއީ ގައުމިއްޔަތުގެ ލަޝްކަރު ކަމަށާ އެންމެ ގިނަ ތަރައްގީ ދިވެހިރާއްޖެއަށް ގެނައި ލާމަސީލު ޕާޓީއެއް ކަމަށެވެ. އަދި މި ލަޝްކަރު އެގޮތުގައި ދެމިއޮތުމުގެ ސަބަބަކީ އެ ލަޝްކަރުގެ ލީޑަރަކީ އެންމެ ކެރޭ، ގާބިލު އަދި ހީވާގި ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ވުމުން ކަމަށެވެ. އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެއީ ހުސްކުރާ ސޭލް އަޅުވާ ޕާޓީއެއް ކަމަށް ޖަމީލް ވިދާޅުވިއެވެ. ވިދާޅުވީ މި ރާއްޖޭގެ ހުރިހާ ތަނެއް އެ ޕާޓީން ވިއްކާލާފައިވާ ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ މުޅި ޝަރުއީ ނިޒާމު އޮތީ ނިދާފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް