"ގިރިދާ" އަންނަ އަންގާރަ ދުވަހު ސްްޓްރީމް ކުރަން ފަށާނެ

ދިވެހި ޑްރާމާ ސިލްސިލާ "ގިރިދާ" މިމަހުގެ ހަތެއްވާ އަންގާރަ ދުވަހު ސްޓްރީމް ކުރަން ފަށާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފި އެވެ. ހެއްވާ މަޖާ މި ސިލްސިލާ އަކީ ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން ގު...

04 Sep 2021 | 04:37

ދިވެހި ޑްރާމާ ސިލްސިލާ "ގިރިދާ" މިމަހުގެ ހަތެއްވާ އަންގާރަ ދުވަހު ސްޓްރީމް ކުރަން ފަށާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފި އެވެ.

ހެއްވާ މަޖާ މި ސިލްސިލާ އަކީ ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ސިލްސިލާ އެކެވެ. ދިވެހި ބަހުން “ގިރިދާ” އަކީ ތާކުން ތާކުން ނުޖެހޭ ވާހަކަ އެވެ.

ސިލްސިލާގެ ޕްރޮޑަކްޝަން ޓީމުން ބުނީ "ގިރިދާ" ސްޓްރީމް ކުރާނީ މީޑިއާނެޓް މަލްޓީ ސްކްރީނުން ކަމަށެވެ.

ސިލްސިލާގެ ޓްރެއިލާ މިދިޔަ ހަފްތާގައި އާންމުކޮށްފައި ވާއިރު ޓްރެއިލާއިން ފެނިގެންދަނީ ފިލްމީ ދާއިރާއަށް ޝައުގުވެރިވާ ރައްޓެހިންގެ މެދުގައި ހިނގާ ހެއްވާ މަޖާ ކަންތައްތަކެކެވެ. މީހުން ހެއްވާލާ ކަހަލަ ވާހަކަތަކެއް ދެއްކި ނަމަވެސް އެމީހުންގެ ވާހަކަ ތާކުން ތާކުން ނުޖެހޭކަން ޓްރެއިލާގައި ދައްކައިދީފަވެ އެވެ.

މި ސިލްސިލާއިން ފެނިގެންދާ ތަރިންގެ ތެރޭގައި ދޮނާ އާއި އަލީ އާޒިމް(ދޮން އައްޔަ)، އަހުމަދު ޒިޔާއު (ޒިޔާ) އަދި އިބްރާހީމް ޖިހާދު (ޖިމީ) ހިމެނެ އެވެ. އަދި މިހާރު ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ގިނަ އަންހެން ތަރިންތަކެއްވެސް ފެނިގެންދާނެ އެވެ.

“ގިރިދާ” އަކީ އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އޭނާގެ އަމިއްލަ ސްކްރީންޕްލޭ އަކަށް ހަދާފައިވާ ސީރީޒް އެކެވެ. “ގިރިދާ” ދައްކާނީ މީޑިއާނެޓުގެ މަލްޓި ސްކްރީން އެޕުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް