ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގައި ފާރަ ބޭނުންކޮށްގެން ފުލުހުން ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގައި މަސްތުވާ ތަކެއްޗާ ބަނގުރާ ކަމަށް ބެލެވޭ ބައެއް ތަކެތި އަތުލައި ގެންފިއެވެ.
ފުލުހުން ބުނީ މާޗް 29 ން 2015 ސެޕްޓެމްބަރު 03 ވަނަ ދުވަހުގެ ނިޔަލަށް ހިންގި މިއޮޕަރޭޝަންތައް ހިންގާފައިވަނީ ގއ. ވިލިނގިއްޔާއި ގދ. ތިނަދޫ އާއި، ގދ. ފަރެސް މާތޮޑާ އާއި، ގދ. ގައްދޫގައި ކަމަށެވެ.
މިއޮޕަރޭޝަންތަކުގައި އެ ރަށްރަށުން 57 ގެއެއް ބަލައި ފާސްކޮށް ފައިވާއިރު މަސްތުވާ ތަކެތި ގެންގުޅުމާ ޖިނާއީ އެހެނިހެން ކުށްކުށުގެ ތުހުމަތުގައި 80 މީހުން ބަލައި ފާސްކޮށްފައި ވާކަމަށާއި މީގެ އިތުރުން އެރަށްރަށުން ހުސް ބިންތަކުގެ ގޮތުގައި އޮތް އަށް ބިމެއް ބަލައި ފާސްކޮށްފައި ވާކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މިއޮޕަރޭޝަންތަކުގައި މަސްތުވާ ތަކެއްޗާ ބަންގުރަލާއި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި ބަނގުރާ ތައްޔާރު ކުރުމަށް ބޭނުންކުރާ ބައެއް އާލަތްތައް އަތުލައިގެންފައި ވާކަމަށެވެ. އަދި މަސްތުވާ ތަކެތި ގެންގުޅެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފައި ވާކަމަށްވެސް ފުލުހުން މައުލޫމާތު ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް