އެމްޑީޕީ ބަލި ކުރެވޭނެ ސިޔާސީ ފިކުރެއް ރާއްޖެއަކު ނެތް: ޝިފާޒް

އެމްޑީޕީގެ ސިޔާސީ ޙަރަކާތްތައް ދެން މަޑުކޮށްލަ ދިނުމަށް ސަރުކާރުން އެދިގެން ނުވާނެ ކަމަށާއި އެމްޑީޕީ ބަލިކުރެވޭނެ ސިޔާސީ ފިކުރެއް އަދި ޕާޓީއެއްވެސް ރާއްޖޭގައި ނެތް ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހަ...

04 Sep 2015 | 04:26

އެމްޑީޕީގެ ސިޔާސީ ޙަރަކާތްތައް ދެން މަޑުކޮށްލަ ދިނުމަށް ސަރުކާރުން އެދިގެން ނުވާނެ ކަމަށާއި އެމްޑީޕީ ބަލިކުރެވޭނެ ސިޔާސީ ފިކުރެއް އަދި ޕާޓީއެއްވެސް ރާއްޖޭގައި ނެތް ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

ޝިފާޒް މިހެން ވިދާޅުވީ އެ ޕާޓީން ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝިފާޒް ވިދާޅުވީ ރައީސް ޔާމީންއަށް ފާޑު ވިދާޅުވެ އެފަދަ ވާހަކަތައް ދެއްކުމުން ހުރިހާ ސިޔާސީ ފަރާތްތަކެއް ޓެރަރިސްޓުންނަށް ހެއްދެވުމުގެ ވިސްނުން ގެންގުޅުއްވާނަމަ ރައީސް ޔާމިން އެކަން ކުރައްވަންވީ ކަމަށެވެ. އަދި އަމިއްލަ މަޤާމެއްގެ ދަހިވެތިކަމުގައި ރާއްޖޭގެ ރައްޔިތުން ނިކަމެތި ކޮށްލެވިގެން ނުވާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް އިތުރަށް ވިދާޅުވީ އަދި ރައީސް ނަޝީދު ޖަލުގައި ހުންނަވާ ކޮންމެ ދުވަހަކީ އެމްޑީޕީގެ މެންބަރުން އެމަނިކުފާން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ދުވަހެއްކަމަށެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއާރޕާރސަނގެ ނައިބް އަލީ ނިޔާޒް ވިދާޅުވީ ރައީސް ޔާމީންގެ އެއްފަސް ކުރުމުގެ ސިޔާސަތަކީ ހުރިހާ ރައްޔިތުން ހުޅުމާލެއަށް ބަދަލުކުރުން ކަމަށާއި، ރައީސް މައުމޫން އެއްފަސްކުރުގެ ސިޔާސަތުގެ ދަށުން ހިންގެވި ޕްރޮޖެކްޓްތަކުން ، އެއްފަސް ކުރެވިފައި ނުވާކަމަށެވެ.  އަދި މިއަދުގެ ސަރުކާރުގެ އަމަލުތަކުން ނިކަމެތިން ތިބީ ނިކަމެތިކަންމަތީގައި ކަމަށްވެސް ނިޔާޒް ވިދާޅުވި އެވެ.

އެ ޖަލްސާގައި ޝާހިދުގެ ވާހަކަފުޅުގައި ވިދާޅުވީ ފުވައްމުލަކު ރައްޔިތުންނަކީ ނަމޫނާ ރައްޔިތުންތަކެއް ދިރިއުޅޫ ރަށެއް ކަމަށާއި ފުވައްމުލަކުގެ ރައްޔިތުންގެ ސަބަބުން އަނިޔާވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތް އަމާން ބަދަރަކަށް ދެވޭނެކަމަށެވެ. އަދި ރައީސް ނަޝީދު ޖަލުގައި އެ ހުންނަވަނީ އެމްޑީޕީ މެމްބަރުންގެ ހައްގުގައި ކަމަށާއި އެމްޑީޕީ މެމްބަރުން މިއަދު މި ވަނީ ހިތްދަތިކަމެއްގެ ތެރޭގައި ކަމަށާއި އެހެންނަމަވެސް ހިތް ދަތިކަން ފަހަނަ އަޅާ އެމްޑީޕީ ކުރިއަށް ދާނެކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް