45 މިލިޔަން ފޮލޯވާސްއާއެކު އިންސްޓަގްރާމްގެ އެންމެ ކުރީގައި މިހާރު އުޅެނީ ކިމް ކަޑާޝިއަން ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
މީޑިއާ ރިޕޯޓްތަކަށް ބަލާއިރު އިންސްޓަގްރާމްގައި މިހާތަނަށް އެއްވެސް ފަރާތަކަށް 45 މިލިޔަން ފޮލޯވާސް ލިބިފައެއް ނުވެ އެވެ. އެ އަދަދާ އެންމެ ގާތް އަދަދަކަށް ފޮލޯވާސް ތިބީ ބިޔޯންސޭ އަދި ޓޭލާ ސްވިފްޓްގެ އެވެ. އިންސްޓަގްރާމްގައި ބިޔޯންސޭގެ 44.6 މިލިޔަން ފޮލޯސްވާސް ތިބިއިރު ޓޭލާ ސްވިފްޓްގެ ފޮލޯވާސް އަދަދު އުޅެނީ 44.7ގައެވެ. ގަދަ ފަހެއްގެ ތެރޭގައި ސެލީނާ ގޮމޭޒް އަދި އެރިއާނާ ގްރާންދޭ ހިމެނެ އެވެ.
https://instagram.com/p/7JqF4lOS6I/
އިންސްޓާގްރާމްގެ އެންމެ ކުރީގައި ކިމް ކަޑާޝިއަން އުޅުނު ނަމަވެސް ޓްވިޓާގައި އޭނާ އުޅެނީ ވަރަށް ފަހަތުގަ އެވެ. ޓްވިޓާއަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ ކެޓީ ޕެރީ އެވެ. ކެޓީ ޕެރީގެ 74.8 މިލިޔަން ފޮލޯވާސް ޓްވިޓާގައި ތިބިއިރު ކިމް ކަޑާޝިއަށް އަށް ޓްވިޓާގައި ލިބިފައވަނީ 34.9 މިލިޔަން ފޮލޯވާސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް