ރައީސް ނަޝީދަށް ދުލެއް ނުކުރި، އޮބާމާވެސް އާންމުންތެރޭގައި ނަށައިފި

ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނަށާ ވީޑީއޯތަކަކީ މަޝްހޫރު ވީޑިއޯތަކެކެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުން އެ ވީޑިއޯތަކަކަށް އެތަކެއް ގޮތަކަށް ހަޖޫ...

04 Sep 2015 | 01:26

ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނަށާ ވީޑީއޯތަކަކީ މަޝްހޫރު ވީޑިއޯތަކެކެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުން އެ ވީޑިއޯތަކަކަށް އެތަކެއް ގޮތަކަށް ހަޖޫ ޖަހާފައިވާ ވީޑީއޯތަކެކެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ ރައީސަކަށް ހުންނަ މީހަކު އާންމުންގެ ތެރޭގައި ނަށާ ހެދުމަކީ "ކަޑަ" ކަމެއް ކަމަށެވެ.

ރައީސަކަށް ހުންނަ މީހަކު އާންމުންގެ ތެރޭގައި ނެށުމަކީ "ކަޑަ" ކަމެއް ކަމާމެދު މިހާރު މިވަނީ ސުވާލު އުފެދިފަ އެވެ. ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމު ކަމަށްވާ އެމެރިކާގެ ރައީސް ބަރަކް އޮބާމާވެސް މި ވަނީ އާންމުންގެ ތެރޭގައި ނެށުމުގެ ހަރަކާތްތަކެއް ދައްކުވާލާފަ އެވެ. ފާޑުކިޔާ ފަރާތްތަކުންވެސް ބުނަނީ އޮބާމާގެ ނެށުން ގޯސް ނޫން ކަމަށާއި ނެށުމުގެ "ވައްޓަފާޅި" އޮބާމާ ކިބައިގާ އެބަހުރި ކަމަށެވެ.

https://www.youtube.com/watch?v=90YZc3k7rdI

އޮބާމާ ނަށާފައި މިވަނީ މިހާރު އަލާސްކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޑިލިންހަމް މިޑްލް ސްކޫލަށް ކުރި ޒިޔާރަތެއްގަ އެވެ. އެ ސްކޫލުގެ ކުޑަކުދިންތަކެއް ހުށަހަޅާދިން ސަގާފީ ނެށުމެއްގައި ބައިވެރިވުމުގެ ގޮތުންނެވެ.

އެކުދިންގެ ނެށުން އެއްފަހަރު ބަލަން އިނުމަށްފަހު އެކުދިންނާ ބައިވެރިވަމުން އޮބާމާ ވިދާޅުވީ "މި ނެށުން ޕްރެކްޓިސް ކޮށްފައި" ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް