އައިއެސްއާ ހަނގުރާމަކުމަށް ސީރިޔާގެ ބިމުގައި ހަރަކާތްތެރިވާން އެމެރިކާއިން ބިރުގަންނަނީ

އައިއެސް ޖަމާއަތް ނައްތާލުމަށް އެމެރިކާ އިސްވެ އޮވެ ކޯލީޝަނެއް ހެދުމަށްފަހު އައިއެސްއާ ދެކޮޅަށް ހަނގުރާމަ ފެށިތާ އަހަރަކަށްވުރެ ގިނަދުވަސްވެފައިވާއިރު އިރާގާއި ސީރިޔާގެ ބިމުގައި ހަރަކާތްތެރިވުމަށް އެމ...

04 Sep 2015 | 01:02

އައިއެސް ޖަމާއަތް ނައްތާލުމަށް އެމެރިކާ އިސްވެ އޮވެ ކޯލީޝަނެއް ހެދުމަށްފަހު އައިއެސްއާ ދެކޮޅަށް ހަނގުރާމަ ފެށިތާ އަހަރަކަށްވުރެ ގިނަދުވަސްވެފައިވާއިރު އިރާގާއި ސީރިޔާގެ ބިމުގައި ހަރަކާތްތެރިވުމަށް އެމެރިކާއަށް ނުކެރެނީ ބިރުން ކަމަށް މެދުއިރުމަތީގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ބައެއް މީޑިއާތަކުން މިގޮތަށް ރިޕޯޓްކޮށްފައި މިވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ އިއްޔެ ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ. ކެރީ ވިދާޅުވީ އެމެރިކާއިން ފައުޖުތައް ސީރިޔާ ބިމަށް ނުފޮނުޥާނެކަމަށް ރައީސް ވަނީ ކުރިންވެސް ވިދާޅުވެފައި ކަމަށާއި ނަމަވެސް މެދުއިރުމަތީގެ ގައުމުތަކުން ފައުޖުތަކަށް އެ ބިންތަކަށް ފޮނުވާނެ ކަމުގެ އުންމީދު އަބަދުވެސް ކުރާ ކަމަށެވެ.

"ބިމުންވެސް ހަމަލާ ދޭން އެބަޖެހޭ، އެކަމަށް ބަޔަކު ކުރިމަތިލާ ވަގުތު އަންނާނެ ކަމުގައި އުންމީދު މި ކުރަނީ، ސީރިޔާ އަދި އިރާގުގެ އަވަށްޓެރި ގައުމުތަކުން މި ކަމަށް ކުރިމަތިލާނެކަމުގެ އުންމީދުގައި މި ތިބީ" ކެރީ ވިދާޅުވެފައި ވެ އެވެ.

ކެރީ މިހެން ވިދާޅުވެފައި ވާއިރު އައިއެސް ނައްތާލަން ކުރަމުން އަންނަ ހަނގުރާމައަށް އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާއިރު މިހަނގުރާމައިގާ އެމެރިކާއަށް މާބޮޑު ކުރިއެރުމެއް އަދި ލިބިފައި ނުވާކަމަށް މެދުއިރުމަތީގެ މަސްރަހް ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް