މާލެ އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ކު ބަރާބަރަށް ދައްކަމުންނުދާތީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިންޒާރެއް ދީފިއެވެ.
އެގޮތުން އެ ވުޒާރާއިން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް މާލެ ސަރަޙައްދު އަދި ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓްތަކުން މަހުން މަހަށް ދައްކަންޖެހޭ ފައިސާ (އެސްޓިމޭޓެޑް މަންތްލީ އިންސްޓަލްމަންޓް ނުވަތަ އީއެމްއައި) ގެ 20% (ވިހި އިންސައްތަ) ވަނީ މާފްކޮށްދެއްވާ ކަމަށާއި އަދި 1 ޖަނަވަރީ 2024 އިން މަހުން މަހަށް ދައްކަންޖެހޭ ފައިސާ ޤަވާއިދާއެއްގޮތަށް ދެއްކުމަށް ޔުނިޓްގެ ވެރިފަރާތްތަކަށް މި އެ ވުޒާރާއިން ވާނީ އަންގާފައި ކަމަށެވެ.
"ނަމަވެސް ގިނަ ފަރާތްތަކަކުން އަދިވެސް ފައިސާ ދައްކަމުންނުދާތީ، މަހުން މަހަށް ދައްކަންޖެހޭ ފައިސާ ޤަވާޢިދުން ދެއްކުމަށް މިނިސްޓްރީއިން އިލްތިމާސްކުރަން" އެ ވުޒާރާއިން ބުނެފައިވެއެވެ.
ޤަވާއިދުން ފައިސާ ދައްކަމުންނުދާ ފަރާތްތަކާ، ޔުނިޓް ކަނޑައެޅިފައިވާ ބޭނުންނޫން އެހެން ބޭނުންތަކަށް ޔުނިޓްތައް ބޭނުންކުރުމާ، ޤަވާއިދާ ހިލާފަށް ތަނަށް ބަދަލުގެނައުމާ، ކުއްޔަށްދިނުމާއި ގުޅޭ ކަންކަން އެ ވުޒާރާއިން ބަލަމުންދާކަމަށް އެ ވުޒާރާގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ. މިގޮތުން ޤަވާއިދާ ޚިލާފަށް އަމަލުކުރަމުންދާ ފަރާތްތަކާމެދު އެއްބަސްވުމާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް