އުތުރުގައި ފަށާ އިންޓަނޭޝަނަލް ބަންކަރިންގ ޚިދުމަތަށް ބޭނުންވާ ޕައިލެތް ބޯޓާއި ޓަގް ބޯޓު ކުޅުދުއްފުށި ޕޯޓަށް އިއްޔެ ގެންގޮސްފިއެވެ.
އެމްޕީއެލްއިން ބުނެފައިވާގޮތުގައި ކުޅުދުއްފުށި ޕޯޓަށް މި ދެ އުޅަނދު އިއްޔެ ވަނުމާއެކު ވޯޓަރ ސެލިއުޓެއް ވަނީ ދީފައެވެ. އަދި ދެ އުޅަނދުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް މަރުހަބާ ދެންނެވީ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް އަދި މެނޭޖްމަންޓްގެ ބައެއް ބޭފުޅުންނެވެ.
އުތުރުގައި އިންޓަނޭޝަނަލް ބަންކަރިންގ ޚިދުމަތް ފެށުމަށްޓަކައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ތައްޔާރީތަކއެވެ. މި ޚިދުމަތް ފެށުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތައް ކުރިއަށް ގެންދަނީ އެމްޕީއެލްއިންނެވެ. އެގޮތުން މި ޚިދުމަތް ފެށުމަށް ބޭނުންވާ އޮފީސް ޖާގަތައް ހެދުމުގެ މަސައްކަތްވެސް ދަނީ ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދަމުންނެވެ. މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މި މަސައްކަތްތައްވެސް ނިމޭނެކަމަށް ލަފާކުރެވޭކަމުގައި އެމްޕީއެލްއިން ބުނެއެވެ.
އެމްޕީއެލްއިން ވަނީ ހއ. އުލިގަމު ޔޮޓް މެރީނާއެއް ހެދުމަށް އެ ރަށުގެ ކައުންސިލާއެކު މިހާރު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. އަދި މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އީއައިއޯ ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް