ބިދޭސީންގެ މައްސަލަ ހައްލުކުރާނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައިވަނީ ފޭސްބުކްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
"ހުރިހާ މާނައެއްގައި ލޯބި ލޯބި ދިވެހީންގެ ރާއްޖެ ދިވެހިންނަށް! ބިދޭސީންގެ މައްސަލަ ހައްލު ކުރާނީ ރައީސް ޑރ މުއިއްޒު" ޝަރީފް ވިދާޅުވެފައިވެއެވެ.
ބިދޭސީންގެ މައްސަލައާއި ގުޅިގެން މެންބަރު ވަނީ މީގެކުރިން މަޖިލީހުގައިވެސް ވާހަކަދައްކަވާފައެވެ.
އަދި ގިނަބައެއްގެ ސަމާލުކަންވެސް ވަނީ އެ ވާހަކަތަކަށް ލިބިފައެވެ.މެންބަރު ވިދާޅުވީ ދިވެހީންގެ ހުރިހާ މަސައްކަތަކަށްވެސް ބިދޭސީން އަތްގަދަކޮށްފި ކަމަށެވެ. އަދި އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
މި ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރައްވާނެ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށްޓަކައި ދާހިލީ ވަޒީރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ސެލިއުޓް ހައްގު މަސައްކަތެއް ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ތަޅުމުގައި ބިދޭސީންގެ މައްސަލައާއި ގުޅިގެން ވާހަކަ ދައްކަވަމުން މެންބަރު ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުން ގައުމު އިސްލާހީގެ މަގަށް ގެންދިޔުމަށް ކުރައްވާ މަސައްކަތްތަކަކީ ޝުކުރު ހައްގު މަސައްކަތްތަކެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް