ސަރުކާރުން ޓެކްސީ ލައިނެއްގެ ޚިދުމަތް ދިނުމަށް އުޅޭތީ އެކަމާ ކަންބޮޑުވެ، އަދި ޕާކް ކުރުމަށް ޖާގަ ނުދީ ޓޯ ކުރާތީ އެކަމާ ކަންބޮޑުވެ ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުންނާ އާއްމުން ދަނީ މުޒާހަރާ ކުރަމުންނެވެ.
އެގޮތުން ރޭ ވެސް މުޒާހަރާއެއް ކޮށްފައެވެ. ރޭ ކުރި މުޒާހަރާ ތެރެއިން ޓެކްސީ ޑްރައިވަރުން ބުނީ، ކުރިއަށް އޮތް72 ގަޑިއިރު ތެރޭގައި ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް އިޖާބަ ނުދީފި ނަމަ މަދަނީ ބަސްނޭހުމަކަށް ދިޔުމަށް މިތިބީ ތައްޔާރަށްކަމަށެވެ.
އެ މުޒާހަރާ ތެރެއިން މިނިސްޓަރ އަމީން އިސްތިއުފާ ދެއްވުމަށްވެސް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.
އަދި މީގެއިތުރުން ރައްޔިތުންނަށް ޕާކިން ސްޕޭސް ނުދައްކާ، ރައްޔިތުންގެ މުދަލަށް ގެއްލުން ދޭ މަންޒަރު ބަލަން ނުތިބޭނެ ކަމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.
ރޭ ކުރެވުނު މުޒާހަރާގައި ކުރީގެ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ވެސް ވަނީ ބައިވެރިވެލައްވާފައެވެ.
ޓެކްސީ ޑްރައިވަރުންގެ އެދުމަކީ މިނިސްޓަރ އަމީން އެބޭފުޅުންނާ ބައްދަލުކުރައްވާ އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއަހާ އެކަންކަމަށް ހައްލެއް ހޯދައި ދެއްވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް