ފަސްޓު ލޭޑީގެ މޮޅު ކުޅުމުން އެންމެން އާޝޯހު ކޮށްލައިފި!

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ހުނަރުވެރި ތަފާތު ކުޅުން ފެނި އެންމެން އާސޯހުކޮށްލައިފިއެވެ. ހެލްތު ރިކްރިއޭޝަން ކްލަބްގެ ސްޓާފް ފުޓްސެލް ޓޯނަމެންޓުގައި ފަސްޓް ލޭޑީ ދެއްކެވި ...

04 Aug 2024 | 09:14

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ހުނަރުވެރި ތަފާތު ކުޅުން ފެނި އެންމެން އާސޯހުކޮށްލައިފިއެވެ.

ހެލްތު ރިކްރިއޭޝަން ކްލަބްގެ ސްޓާފް ފުޓްސެލް ޓޯނަމެންޓުގައި ފަސްޓް ލޭޑީ ދެއްކެވި ގަދަ ކުޅުން ފެނި ގިނަ ބައެއްގެ ތައުރީފު ދަނީ ފަސްޓު ލޭޑީއަށް ދަނީ އޮހެމުންނެވެ.

ފުޓްސެލް ޓޯނަމެންޓްގައި ފަސްޓް ލޭޑީ ކުޅުނީ ގޯލް ކީޕަރަކަށްށެވެ. ބައި ކޮޅަށް އެންމެ ގޯލެއް ނުވައްދާ ދެއްކި ހިތްވަރުން ދައްކުވައިދެނީ ފަސްޓު ލޭޑީގެ ހިތުގައި ކުޅިވަރަށް އޮތް ލޯތްބާއި ޖޯޝާއި ފޯރިއެވެ.

ރޭގެ ވާދަވެރި މެޗުން އެންމެ މޮޅު ކުޅުންތެރިޔާގެ ލަގަބުވެސް ފަސްޓުލޭޑީ ވަނީ ހާސިލްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ އަކީ އެންމެންނާވެސް ގުޅޭ ހިތްތިރި ހިތްހެޔޮ ނަމޫނާ ކަނބަލެއް ކަމުގައި ގިނަ ބަޔަކު ސޯސަލް މީޑިއާގައި ދަނީ ކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް