ނ. ހެނބަދޫގައި ފުލުހުންނަށް ބިރުދައްކައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގާ ހައްޔަރުކުރި ދެމީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
އެގޮތުން ފުލުހުން ދެންމެ ވަނީ އެމީހުންގެ ފޮޓޯއާއި ވަނަވަރު ހާމަކޮށްފައެވެ.
އެއީ ހެނބަދޫ ސެލްވިޔޯ، އުމުރުން 33 އަހަރުގެ އިލްޔާސް އިބްރާހިމާއި އެރަށު ހުދުތަރި، އުމުރުން 33 އަހަރުގެ މުޙައްމަދު އިރުޝާދެވެ.
ފުލުހުން މިއަދު ކުރިން ބުނެފައިވަނީ ހެނބަދޫ ޕޮލިސް ޕޯސްޓްގައި މަސައްކަތްކުރާ ފުލުހުންނާއި އެ ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުންދޭނެކަމަށްބުނެ އިންޒާރުދީ އަދި ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލި މައްސަލައާއި ގުޅިގެން 33 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.
އެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލީ މި މަސް ފެށުނު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ދިވެހި ބަހުގެ ރަދީފުގައި ބުނެފައިވާގޮތުގައި “ގައްޑާމީ” މި މަހުގެ މާނައަކީ “ނުލަފާ” ވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް