ނ. ހެނބަދޫގައި ފުލުހުންނަށް ބިރުދައްކާ ގައްޑާމީވެގެން އުޅުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ދެންމެ ބުނީ ހެނބަދޫ ޕޮލިސް ޕޯސްޓްގައި މަސައްކަތްކުރާ ފުލުހުންނާއި އެ ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުންދޭނެކަމަށްބުނެ އިންޒާރުދީ އަދި ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލި މައްސަލައާއި ގުޅިގެން 33 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.
އެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލީ މި މަސް ފެށުނު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ދިވެހި ބަހުގެ ރަދީފުގައި ބުނެފައިވާގޮތުގައި "ގައްޑާމީ" މި މަހުގެ މާނައަކީ "ނުލަފާ" ވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް