ކުޑަކުދިންނަށްދޭ "އެލެގްރާ" ބޭހުގެ ތިން ބެޗެއް ބޭނުންކުރުން މަނާކޮށްފި

އެލާޖީއާއި ގުޅުންހުރި އަދި ކުޑަކުދިންނަށް ދޫކުރާ ބޭހެއް ކަމުގައިވާ އެލެގްރާ 30ގްރާމް،5އެމްއެލްގެ ތިން ބެޗެއްގައި ކޮލިޓީ މައްސަލައެއް ފާހަގަކުރެވިފައިވާތީ އެ ތިން ބެޗުގެ އެލެގްރާ ބޭސް ރާއްޖޭގައި ބޭނުން...

04 Aug 2024 | 05:12

އެލާޖީއާއި ގުޅުންހުރި އަދި ކުޑަކުދިންނަށް ދޫކުރާ ބޭހެއް ކަމުގައިވާ އެލެގްރާ 30ގްރާމް،5އެމްއެލްގެ ތިން ބެޗެއްގައި ކޮލިޓީ މައްސަލައެއް ފާހަގަކުރެވިފައިވާތީ އެ ތިން ބެޗުގެ އެލެގްރާ ބޭސް ރާއްޖޭގައި ބޭނުން ނުކުރުމަށާއި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެގޮތުން ރާއްޖެ އިމްޕޯޓްކޮށްފައިވާ Allegra 30mg/5ml suspension (Fexofenadine hydrochloride) ބެޗްތަކުން ކޮލިޓީ މައްސަލައެއް ފާހަގަވެފައިވާތީ އެކަމާއި ގުޅޭގޮތުން އެމްއެފްޑީއޭއިން މިއަދު ބުނެފައިވަނީ  ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންގެންދާ ތިރީގައިވާ ބޭހުގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާކަމަށް ބޭސް އުފައްދާފައިވާ ކުންފުނިން ވަނީ އެލާރޓް ކޮށްފައި ކަމަށާއި، ވީމާ ދެންނެވިފައިވާ ތިން ބެޗް ރާއްޖެ އެތެރެކުރުމާއި، ވިއްކުން އަދި ބޭނުންކުރުމަކީ މަނާކަމެއްކަމުގައި ދަންނަވާކަމަށެވެ.

އެލާޓްކޮށްފައިވާ ތިން ބެޗުގެ ނަމްބަރުތަކަކީ:

  • AL1223019
  • AL1223029
  • AL1223060

މި ތިން ބެޗް ނަމްބަރެވެ.

ޖެނެރިކް ނަމެއްގެ ގޮތުގައި Fexefenadine hydrochloride ނަން ދީފައިވާ Allegra suspension މި ބޭހަކީ އިންޑިޔާގެ Sanofi India Limited  އިން އުފައްދާ ބޭހެކެވެ.

އެމްއެފްޑީއޭއިން އިތުރަށް ބުނެފައިވަނީ މި ބޭހުގެ ދެންނެވިފައިވާ ބެޗްތައް، ފާރމަސީ، ބޭސް ގުދަނެއް ނުވަތަ ސިއްހީ ޚިދުމަތްދޭ ތަނެއްގައި ހުރިނަމަ އެކަން މި އޮތޯރިޓީގެ އީމެއިލް [email protected] މެދުވެރިކޮށް އެންގެވުން އެދޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް