ހަނިއްޔާ އަވަހާރަކޮށްލަން ދިން ހަމަލާ ދީފައިވަނީ ކައިރި ސަރަހައްދަކުން: އީރާން

ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ އިސްވެރިޔާ އިސްމާއީލް އަބްދުއްސަލާމް އަހްމަދު ހަނިއްޔާ އަވަހާރަކޮށްލަން ދިން ހަމަލާ ދީފައިވަނީ ދުރުނޫން ސަރަހައްދަކުން ކަމުގައި އީރާނުގެ ރެވޮލިއުޝަނަރީ ގާޑުން ބުނެފިއެވ...

04 Aug 2024 | 04:48

ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ އިސްވެރިޔާ އިސްމާއީލް އަބްދުއްސަލާމް އަހްމަދު ހަނިއްޔާ އަވަހާރަކޮށްލަން ދިން ހަމަލާ ދީފައިވަނީ ދުރުނޫން ސަރަހައްދަކުން ކަމުގައި އީރާނުގެ ރެވޮލިއުޝަނަރީ ގާޑުން ބުނެފިއެވެ.

އެގޮތުން އީރާނުން ބުނެފައިވަނީ ބަރުދަނުގައި ހަތް ކިލޯ ހުންނާނެކަމަށް ބެލެވޭ މިސައިލެއް މެދުވެރިކޮށް ދިން އެ ހަމަލާ އަކީ "ޝޯޓް-ރޭންޖް ޕްރޮޖެކްޓައިލް" ހަމަލާއެއް ކަމަށެވެ. ބެލެވޭ ގޮތުގައި އެ ހަމަލާ އެ ދިނީ ހަނިއްޔާ އޭރު ހުރި ސަރަހައްދުގެ ބޭރުންކަމުގައި ސިފަކޮށްފައިވެއެވެ.

އެ ހަމަލާގެ ބަދަލު ހިފާނެކަމުގައި އީރާނާއި ހަމާސްއިންވެސް ބުނެފައިވާއިރު އީރާނުން ތުހުމަތުކުރާގޮތުގައި އިސްރާއީލުން އެ ހަމަލާ ކާމިޔާބުކުރީ އެމެރިކާގެވެސް އެހީތެރިކަމާއެކުގައެވެ.

ރާއްޖޭ ގަޑިން ބަލާނަމަ މިދިޔަ ބުދަ ދުވަހުގެ ފަތިހުގެ 03:30 ހާއިރު ދިން އެ ހަމަލާގައި ހަނިއްޔާ އަވަހާރަވެފައިވާއިރު ހަނިއްޔާ އީރާނަށް ވަޑައިގެން ހުންނެވީ އީރާނުގެ އައު ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ހަމަލާގައި ހަނިއްޔާގެ އިތުރުން އޭނާގެ ބޮޑީގާޑަކުވެސް މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް