ޔާމީނަށް ކުރިމަތި ނުލެވޭނަމަ ޕީޕީއެމްއިން އެދެނީ ކެނޑިޑޭޓެއް ނެރެން ފުރުސަތު ދިނުމަށް

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފިނަމަ އިތުރު ކެނޑިޑޭޓެއް ނެރުމަށް ފުރުސަތު ދިނުމުގެ އަމުރަކަށް ޕީޕީއެމްއިން ސުޕްރީމް ކޯޓުގައި އެދެފިއެވެ. ޕީޕީއެމްގެ ފަރ...

04 Aug 2023 | 15:12

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފިނަމަ އިތުރު ކެނޑިޑޭޓެއް ނެރުމަށް ފުރުސަތު ދިނުމުގެ އަމުރަކަށް ޕީޕީއެމްއިން ސުޕްރީމް ކޯޓުގައި އެދެފިއެވެ.

ޕީޕީއެމްގެ ފަރާތުން މިކަމަށް އެދިފައިވަނީ ކެނޑިޑެސީ ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް އެ ޕާޓީން ހުށަހަޅާފައިވާ މައްސަލައިގައެވެ.

ސުޕްރީމް ކޯޓުގައި ކެނޑިޑެސީގެ މައްސަލަ މިއަދު ހަވީރުން ފެށިގެން ކުރިއަށްދާއިރު އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލުކޮށް ރައީސް ޔާމީންގެ ޝަރުތު ފުރިހަމަވާކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ. އަދި އެ ނޫން ގޮތަކަށް ސުޕްރީމް ކޯޓުން ނިންމައިފިނަމަ އިތުރު ކެނޑިޑޭޓެއް ނެރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެކަމަށް ވަގުތު ދިނުމަށް އިލެކްޝަންސްގެ މައްޗަށް އަމުރުކޮށްދޭންވެސް އެދިފައިވެއެވެ.

މިފަދަ އަމުރަކަށް ޕީޕީއެމްއިން އެދިފައިވާއިރު ރައީސް ޔާމީނަށް ވާދަ ނުކުރެވިދާނެ ހާލަތަކަށް ބަލައި ޕީޕީއެމް އާއި އެއް ކޯލީޝަންގައި އޮތް ޕީއެންސީން ވަނީ ކެނޑިޑޭޓަކު ހޮވާފައެވެ. ޕީއެންސީގެ ކެނޑިޑޭޓަކު ހޮވުމަށް ނެގި ވޯޓުގައި އާދަމް ޝަރީފް އުމަރާއި ވާދަކޮށް ޕީއެންސީގެ ކެނޑިޑެސީ ޑރ. މުހައްމަދު މުއިއްޒު ވަނީ ކާމިޔާބު ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް