ކެނޑިޑޭޓުންގެ ނަން ތަރުތީބު ކުރުން ބުދަ ދުވަހު

ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ނަން ތަރުތީބު ކުރުން އަންނަ ބުދަ ދުވަހު ކުރިއަށްދާނެ ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އެގޮތުން މިކަން ހާމަކުރައްވައި އެ ކޮމިޝަންގެ ނަ...

04 Aug 2023 | 11:20

ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ނަން ތަރުތީބު ކުރުން އަންނަ ބުދަ ދުވަހު ކުރިއަށްދާނެ ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެގޮތުން މިކަން ހާމަކުރައްވައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބު 2023 އަށް ކުރިމަތިލާ މީހުންގެ ތެރެއިން، ޝަރުތު ފުރިހަމަވާ މީހުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި، ގުރުއަތުލުން އޮންނާނީ، 2023 އޮގަސްޓު 9 ވާ ބުދަދުވަހުގެ ހަވީރު 4:30 ން 5:30 އަށް، ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ.

މި ރަސްމިއްޔާތުގައި، ކެންޑިޑޭޓަކަށް ބައިވެރިވެ ނުވެވޭ ޙާލަތުގައި، މަންދޫބަކު ބައިވެރިވެ ކުރެވިދާނެ. މިކަމާގުޅޭ ތަފްސީލް، އީސީ އިން ކެންޑިޑޭޓުންނަށް އަންގާނެ. ހަބީބު ވިދާޅުވެފައިވެއެވެ.

ހަބީބް ވިދާޅުވެފައިވެއެވެ.

ބުދަ ދުވަހު ނަން ތަރުތީބު ކުރުން އޮންނާނެކަން އީސީން ހާމަކޮށްފައިވާއިރު މިހާތަނަށް ކެނޑިޑެސީ ހުށަހަޅާފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެނޑިޑޭޓް ރައީސް ޔާމީން އެކަންޏެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ މައްޗަށް ހުކުމެއް ދެމި އޮތަތީ އެ ކެނޑިޑެސީ އިލެކްޝަންސްއިން ބަލައިގެންފައެއް ނުވެއެވެ. ކެނޑިޑެސީ ބަލައިނުގަތް މައްސަލަ މިހާރު ސުޕްރީމް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސް ސޯލިހް، ޖޭޕީގެ ފަރާތުން ގާސިމް އިބްރާހިމް، ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބް، ޕީއެންސީގެ ފަރާތުން ޑރ. މުއިއްޒު، އެމްއެންޕީގެ ފަރާތުން ނާޒިމް، އަމިއްލަ ގޮތުން އުމަރު ނަސީރު، އަމިއްލަ ގޮތުން ފާރިސް މައުމޫން އަދި އަމިއްލަ ގޮތުން ޑރ. މުނައްވަރު އިންތިހާބަށް ވާދަކުރާނެކަން އިއުލާނުކުރައްވައި ކެމްޕޭނު އަންނަނީ ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް