މިރޭވެސް އުތުރާއި މެދު ރާއްޖޭގެ ތެރޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ކަމަށެވެ. އެލާތު ނެރެފައިވަނީ މިރޭ7:30 ން މެންދަމު1:00 އަށެވެ.
މިވަގުތުތަކުގައި އެ ސަރަހައްދަށް ގަޑިއަކު22 މޭލާ27 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި45 މޭލަށް ވައި ގަދަވާނެ އެވެ.
ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓުން ލަފާ ކުރެ އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް