ބަލި މީހުން އުފުލޭގޮތް ހަދަން ވިލާ އެއާ އާއި މަންޓާ އެއާއަށް އަންގައިފި

ޑޮމެސްޓިކް އެއާލައިންތަކުން ބަލި މީހުން އުފުލޭގޮތް ހަދަން ސިވިލް އޭވިއޭޝަން މިނިސްޓްރީން އަންގައިފި އެވެ. ސިވިލް އޭވިއޭޝަން މިނިސްޓްރީން އެއާލައިންތަކަށް އެ އިންތިޒާމު ހަމަޖައްސަން ދީފައިވަނީ ތިން މަސ...

04 Aug 2022 | 10:52

ޑޮމެސްޓިކް އެއާލައިންތަކުން ބަލި މީހުން އުފުލޭގޮތް ހަދަން ސިވިލް އޭވިއޭޝަން މިނިސްޓްރީން އަންގައިފި އެވެ.

ސިވިލް އޭވިއޭޝަން މިނިސްޓްރީން އެއާލައިންތަކަށް އެ އިންތިޒާމު ހަމަޖައްސަން ދީފައިވަނީ ތިން މަސް ދުވަހުގެ މުއްދަތެކެވެ. މިގޮތަށް އެންގީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އެކަމަށް އެދިވަޑައިގެންނެވުމުންނެވެ.

މިނިސްޓަރު މިގޮތަށް އެދިވަޑައިގެންފަ މިވަނީ ދ. ކުޑަހުވަދޫން ސްޓެޗަރުގައި ބަލި މީހަކު މާލެ ގެނެވެން ނެތް ކަމަށް މަންޓާ އެއާއިން އެންގި މައްސަލައިގަ އެ ރަށުގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފަ ވަނިކޮށެވެ. ކުޑަހުވަދޫގައި އޮންނަ ދާލު އެއާޕޯޓަށް ދަތުރު ކުރަނީ ހަމައެކަނި އެ އެއާލައިނުންނެވެ.

ރާއްޖޭގެ ޑޮމެސްޓިކް ދަތުރުތައް ކުރަނީ މޯލްޑިވިއަން، ވިލާ އެއާ އަދި މަންޓާ އެއާއިންނެވެ. މީގެ ތެރެއިން ސްޓެޗަރުގައި ބަލި މީހުން އުފުލެނީ މޯލްޑިވިއަންގެ ފްލައިޓުގައި ެކަންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް