ސަލާމް ބުނެފަ އީދު ޝޯ ދޭން ދިއުމުން "ވާންޗޯ" ގްރޫޕުގެ ބައެއް މީހުންނަށް ކަރެންޝަނުން ފިޔަވަޅު އަޅައިފި

މަޝްހޫރު "ވާންޗޯ އެންޓަޓައިންމެންޓު" ގެ ބައެއް ބައިވެރިންނަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ފިޔަވަޅު އަޅައިފި އެވެ. ވާންޗޯ އެންޓަޓައިންމެންޓަކީ ކޮމީޑިއަން ނާޒިރު ޝިހާމް (ކާއްޓޭ) އިސްވެ ހުރެ އެކުވ...

04 Aug 2022 | 08:59

މަޝްހޫރު "ވާންޗޯ އެންޓަޓައިންމެންޓު" ގެ ބައެއް ބައިވެރިންނަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ފިޔަވަޅު އަޅައިފި އެވެ.

ވާންޗޯ އެންޓަޓައިންމެންޓަކީ ކޮމީޑިއަން ނާޒިރު ޝިހާމް (ކާއްޓޭ) އިސްވެ ހުރެ އެކުވެރިންތަކަކާއި އެކު އުފައްދާފައިވާ ގްރޫޕެކެވެ.

މިހާރު ދިވެހިންގެ ތެރޭގައި މަގުބޫލު މި ގްރޫޕުން މިދިޔަ ބޮޑު އީދުގައި އަތޮޅު ތެރެއަށް ޝޯދޭން ދިޔައީ ސަލާމް ބުނެ މެޑިކަލް ލީވް ނަގައިގެންނެވެ. "ދުވަސް" އަށް މައުލޫމާތު ލިބިފައިވާގޮތުގައި ކަރެންޝަންސްއިން އެމީހުންނަށް ފިޔަވަޅު އެޅީ ސަލާމުގެ ސެޓްފިކެޓު ގެންދިޔަ ނަމަވެސް ބަލިވި މުވައްޒަފުންތަކަކަށް އިތުރު ކަންތައްތަކެއް ނުކުރެވޭނެ ކަމަށް އެތަނުގެ މެނޭޖްމެންޓަށް ގަބޫލު ކުރެވިގެން އަމިއްލަ އިސްނެގުމަށް މައްސަލަ ބެލުމަށް ފަހު އެވެ.

ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ނެގީ ބަޔާން ކަމަށް މައުލޫމާތު ލިބެ އެވެ. ބަޔާން ނަގާފައިވަނީ މާފުށީ ޖަލުގައި މަސައްކަތް ކުރާ އެ ޓީމުގެ ހަތަރު މެންބަރުންގެ އެވެ. މި ޓީމުގައި ހިމެނޭ އިތުރު މީހުންގެ ތެރެއިން ކާއްޓެގެ ބަޔާން ނުނެގީ އޭނާ އަކީ އެހެން ޑިޕާޓްމެންޓެއްގައި މަސައްކަތް ކުރާ މީހަކަށް ވާތީ އެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުން ކަމަށްވެ އެވެ.

މި މައްސަލައިގަ ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް "ދުވަސް" އަށް ވިދާޅުވީ މުވައްޒަފުންނަށް އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު މީޑީއާއަށް ހާމަ ނުކުރާނެ ކަމަށެވެ.

ކާއްޓޭއަކީ ދިވެހިންގެ މެދުގައި މަގުބޫލު މީހެކެވެ. އަދި މިހާރު އެ ގްރޫޕުން ހަދާ ވީޑިއޯތަކަކީ އެތައް ބައެއްގެ ސަމާލުކަން ލިބޭ ވީޑިއޯތަކަކަށް ވަނީވެފަ އެވެ.

މިދިޔަ އީދު ބަންދުގައި އެ ގްރޫޕުން ޝޯ ދޭން ދިޔަ ރަށްތަކުގެ ތެރޭގައި ވިލިމާލެ އާއި ކ. ގުރައިދޫ ހިމެނެ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް