އައްޒަގެ ދެމަފިރިން ކުދިންނާއި އެކު އިންޑިއާގައި ޗުއްޓީ ހޭދަކުރަނީ

ދިވެހި ފިލްމީ ޖޯޑުން ކަމަށްވާ އަބްދުﷲ މުއާޒާއު (މުއާ) އާއި މަރިޔަމް އައްޒަ އިންޑިއާގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ. ދެ މަފިރިންގެ ދަތުރުގައި ދެމީހުންގެ ދަރިން ކަމަށްވާ އައިރީން އަބްދުﷲ މުއާޒް (ރ...

04 Aug 2022 | 06:16

ދިވެހި ފިލްމީ ޖޯޑުން ކަމަށްވާ އަބްދުﷲ މުއާޒާއު (މުއާ) އާއި މަރިޔަމް އައްޒަ އިންޑިއާގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.

ދެ މަފިރިންގެ ދަތުރުގައި ދެމީހުންގެ ދަރިން ކަމަށްވާ އައިރީން އަބްދުﷲ މުއާޒް (ރޫބީ) އާއި އީތަން އިސްމާއިލް ޖުމައިހް ބައިވެރިވެ އެވެ. އާއިލާ ޗުއްޓީއަށް ފުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ސޯޝަލް މީޑިއާގައި އައްޒަ ބުނެފައިވަނީ ޗުއްޓީއަށް ދަނީ އިންޑިއާގެ ބެންގަލޫރަށް ކަމަށެވެ. އަދި އެ ތަނަށް އެ ދަނީ ވަރަށް ދުވަސްކޮށްފައި ކަމަށް ބުންޏެވެ.

މި ދަތުރުގެ ފޮޓޯތަކާއި ވީޑިއޯތައް އައްޒަ ދަނީ ބަރާބަރަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރަމުންނެވެ. އެގޮތުން އާއިލާ އެކުގައި ރެސްޓޯރެންޓުތަކަށް ދިއުމާއި ސްވިމިން ޕޫލަށް އެރުމާއި އެކި ކުޅިވަރުތައް ކުޅޭ މަންޒަރު ދައްކާލާފައިވެ އެވެ.

އައްޒަ ވަނީ އީތަން ގޮވައިގެން މިދިޔަ މަހު ފަހުކޮޅު ކ. މާފުށީގައިވެސް ޗުއްޓީ ހޭދަކޮށްފަ އެވެ. އެ ދަތުރުގައި ބައިވެރިވެފައިވަނީ ދައްތަ އައިޝަތު ރިޝްމީ އާއި އެހެން ރަހުމަތްތެރިންނެވެ.

އައްޒަ އާއި މުއާ ކައިވެނި ކުރީ2020 ވަނަ އަހަރުގެ ފެބްރުއަރީ20 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް