ރައީސް ނަޝީދު ކުރިއަށްދާންވީ ފިލްމީ ދާއިރާއިން: މޮސްޓާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރިއަށްދާންވީ ފިލްމީ ދާއިރާއިން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދﷲ (މޮސްޓާ) ވިދާޅުވެއްޖެއެ...

04 Aug 2022 | 04:34

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރިއަށްދާންވީ ފިލްމީ ދާއިރާއިން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މޮސްޓާ މިހެން ވިދާޅުވީ ރައީސް ނަޝީދުގެ ފޯނު ފޭރިގަތް ހަބަރާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި މޮސްޓާ ވިދާޅުވެފައިވަނީ ރައީސް ނަޝީދު އުޅެނީ ނުބައި ދާއިރާއެއްގައި ކަމަށެވެ. ފިލްމީ ދާިއާއިން ކުރިއަށްދިއުން މާ ރަނގަޅުވާނެ ކަމަށެވެ.

މޮސްޓާ މިހެން ވިދާޅުވެފައިވާއިރު ރައީސް ނަޝީދުގެ އާއިލާއިން އިއްޔެ ބުނެެފައިވާގޮތުގައި އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ނާސްތާ ކުރައްވަން އިންދާ، މީހަކު އައިސް ރައީސް ނަޝީދުގެ ފޯނުވަނީ ފޭރިގަނެެގެން ގެންގޮސްފައެވެ.

ރައީސް ނަޝީދުގެ ފޯނު މީހަކު ފޭރިގެންފައިވާކަމަށް އާއިލާއިން ބުނެފައިވާއިރު އިނގިރޭސިވިލާތަށް ވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ، ،ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އަންހެން ކުއްޖަކާއެކު ބަދުއަހުލާގީ އަމަލެއް ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯ އެމަނިކުފާނަށް ލިބިލައްވާފައިވާކަމަށެވެ. ނަމަވެސް އޭގެ ފަހުން އެ ވާހަކަ ދައްކަވާފައެއް ނުވެއެވެ.

ރައީސް ނަޝީދުގެ ފޯނު މީހަކު ފޭރިގަތީކަމަށް ބުނި ނަމަވެސް މިކަމަށް ފާޑުކިޔާ ބައެއް ފަރާތްތަކުން ބުނަނީ އެއީ ހިނގިކަމެއްކަމަށް ގަބޫލުކުރަން އުނދަގޫ ކަމަށެވެ. އެއީ ސްޓަންޓެއް ކަމުގައި ބެލެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް