ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު ޖަހައިގަތް މައްސަލައަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފާޑުވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ފޯނު މީހަކު ޖަހައިގަނެގެން ގެންދިޔައީ އިނގިރޭވިލާތުގެ ލަންޑަންގެ ރެސްޓޯރެންޓުގައި އިންނަވަނިކޮށެވެ. އެތަނަށް ނަޝީދު ވަޑައިގެންނެވީ ދަރިކަނބަލުންނާއި އެކު ކެއުމަކަށެވެ.
މިކަމާއި ގުޅިގެން ރޮޒައިނާ ފޭސްބުކްގައި ވިދާޅުވީ ހަތަރު ފޮޓޯ އާއި އެކު ނަޝީދުގެ ފޯނު ޖަހައިގަނެގެން ދިއުން މިއީ ގަރުނުގެ އެންމެ ބޮޑު ޖޯކު ކަމަށެވެ. ރޮޒައިނާ ވަނީ މިރޭ މ. ކުނޫޒް ކައިރިން ޖަހައި ގަނެގެން ގެންދިޔައީ އެ ހަތަރު ފޮޓޯ ނަޝީދަށް ފޮނުވި މީހާގެ ފޯނުތޯ ސުވާލު ކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ މީހުންގެ ބޮލުގައި ދޮގު ހަދައިގެން އިލްޒާމް އަޅުވާފަ މިއަށްވުރެ ހަމަ ޖެހޭ ވާހަކައެއް ދައްކަވަން ނަޝީދަށް އެނގިވަޑައިނުގެންނެވި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް