މީހުންގެ ލޭ ހުއްދަކޮށް، ފާޅުގައި މީހުންގެ މަރަށް ގޮވާ މީހުން ދަރިވަރުންނަށް އުގަންނައިދޭ ތަންތަނުގައި ބޭތިއްބިގެން ނުވާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) މަރަން ގޮވާލި ނ. ކުޑަފަރީ ސްކޫލުގެ ޓީޗަރަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި އިންތި ވިދާޅުވީ މީހުންގެ ލޭ ހުއްދަކޮށް، މަރަށް ފާޅުގައި ގޮވާ މީހުންނާއި އެކަމަށް ހިތްވަރުދޭ މީހުން ދަރިވަރުންނަށް އުގަންނައިދޭ ތަންތަނުގެ މަގާމުތަކުގައި ބޭތިއްބިގެން ނުވާނެ ކަމަށެވެ.
ނ. ކުޑަފަރީ ސްކޫލުގެ ޓީޗަރު ވަނީ މަރަށް މަރުހިފުމުގައި ލީތަލް އިންޖެކްޝަން ޖެހުމަށް ރައީށް ޔާމީނުގެ ވެރިކަމުގައި ކެބިނެޓުގައި މަޝްވަރާ ކޮށްފައި ވާކަމަށް ވިދާޅުވެ ވައްޑޭ ފާޑުއިޔުމުން، ވައްޑޭ އެކަމަށް ތައުބާ ވާން ޖެހޭ ކަމަށް ބުނެ ފޭސްބުކްގައި ޕޯސްޓުއް ކޮށްފައެވެ. މިކަން ހިނގާފައިވަނީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައެވެ.
އޭނާ ވަނީ ވައްޑެ ތައުބާ ނުވެއްޖެ ނަމަ މެރުމަށް ގޮވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް