ނ. ކުޑަފަރީގައި ތިބި ދޮށީ އުމުރުގެ ފަރާތްތަކުގެ ތެރެއިން ތެދުވެ ނޫޅެވޭ ޙާލަތުގައި ތިބި ފަރާތްތަކަށް ހޮސްޕިޓަލް އެނދު ފޯރުކޮށްދީފިއެވެ.
މިއެނދުތައް ފޯރުކޮށްދިނީ މިދިޔަ ހޯމަދުވަހުގައެވެ.
އެރަށު ކައުންސިލުން މިކަން ކޮށްފައިވަނީ މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ އެހީތެރިކަމާއެކުގައެވެ.
އެ ރަށުގައި ތިބި ދޮށީ އުމުރުގެ ފަރާތްތަކުގެ ތެރެއިން ތެދުވެ ނޫޅެވޭ ޙާލަތުގައި ތިބީ 8 މީހުންނެވެ. އަދި މިހާތަނަށް ހޮސްޕިޓަލް އެނދު ފޯރުކޮށްދިނީ 7 މީހަކަށެވެ.
މިފަރާތްތަކަށް ހޮސްޕިޓަލް އެނދުތައް ފޯރުކޮށްދީފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައި އެގެތަކަށް ޒިޔާރަތްކޮށް އެމީހުންގެ ހާލަތު ބެލުމަށްފަހު އާއިލާގެ އެދުމުގެ މަތިންނެވެ. އަދި އެނދުގެ އިތުރަށް އެފަރާތްތަކަށް ވީލް ޗެއަރވެސް ފޯރުކޮށްދީފައެވެ.
މި އެނދުތަކަކީ ހޮސްޕިޓަލްތަކުގައި ހުންނަ އެނދުތަކާ އެއް ފެންވަރެއްގެ އެނދުތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް