އިންތިޚާބަށް ކޯލިޝަން ހަދާކަށް ނޫޅެން: އަދުރޭ

ސިޔާސީ މަސައްކަތްތަކާއި އިންތިޚާބުތަކަށް އެއްވެސް އެހެން ޕާޓީއެއްގެ އެހީ ބޭނުން ނުވާ ކަމަށް ޕީޕީއެމް އާއި ޕީއެންސީގެ އެކްޓިން ލީޑަރު އަބްދުލް ރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ. އަދުރޭ މިއަދު މީޑިއާގައި...

04 Aug 2021 | 10:16

ސިޔާސީ މަސައްކަތްތަކާއި އިންތިޚާބުތަކަށް އެއްވެސް އެހެން ޕާޓީއެއްގެ އެހީ ބޭނުން ނުވާ ކަމަށް ޕީޕީއެމް އާއި ޕީއެންސީގެ އެކްޓިން ލީޑަރު އަބްދުލް ރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިއަދު މީޑިއާގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވާދަވެރި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދައުވަތު ދެއްވީ ގައުމީ މަސައްކަތެއް ކުރަން ކަމަށެވެ.

އަދުރޭ މިހެން ވިދާޅުވީ "މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ނަމުގައި ކެމްޕޭނެއް ލޯންޗުކޮށް އެ ކެމްޕޭންގައި ބައިވެރިވާން އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދައުވަތު ދޭން ނިންމި ނިންމުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

އެ ހަފްލާގައި އެމްޑީޕީ ފިޔަވައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް ދައުވަތު ދެއްވިއެވެ.

އަދުރޭ ވިދާޅުވީ، އެ ދައުވަތަކީ ގައުމީ މަސައްކަތެއް ކުރުމުގެ ނިޔަތުގައި ޕީޕީއެމްއާއި ޕީއެންސީން ފޮނުވި ދައުވަތެއް ކަމަށެވެ. ނަމަވެސް ގައުމީ މަސްލަހަތު އޮތް މަސައްކަތެއް ކުރުމުގެ ޝައުގެއް ޕާޓީތަކުގެ ލީޑަރުންގެ ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މި ދައުވަތު ދިނީ ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީއާއި، އެމްއާރުއެމްއަށް ޕީޕީއެމްއާއި ޕީއެންސީއަށާއި އެމްޑީއޭއަށެވެ. އޭގެ ތެރެއިން އެމްޑީއޭ ފިޔަވައި އެހެން ޕާޓީތަކަކީ ސަރުކާރުގެ ކޯލިޝަން ޕާޓީތަކެވެ.

މީގެ ތެރެއިން އެމްއާރުއެމްއާއި ޖޭޕީ އަދި އަދާލަތު ޕާޓީން ވަނީ އިދިކޮޅާއި ގުޅިގެން އެ ކެމްޕެއިންގައި ބައިވެރި ނުވާނެ ކަމަށް އަންގާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް