ކޯނޭ ލިފްޓަށްފަހު އެސްޓީއޯއިން ކޯނޭ އެސްކަލޭޓާ ތައާރަފްކޮށްފި

ލިފްޓް އަދި އެސްކެލޭޓާ މާކެޓުގައި ދުނިޔޭގެ އެންމެ މަގްބޫލު އެއް ބްރޭންޑް ކަމުގައި "ކޯނޭ" ބްރޭންޑުގެ އެސްކެލޭޓާ ވެސް އެސްޓީއޯއިން ތައާރަފުކޮށްފިއެވެ. މީގެ ކުރިން އެސްޓީއޯއިން ވަނީ އެ ބްރޭންޑުގެ ލިފްޓު ...

04 Aug 2021 | 08:45

ލިފްޓް އަދި އެސްކެލޭޓާ މާކެޓުގައި ދުނިޔޭގެ އެންމެ މަގްބޫލު އެއް ބްރޭންޑް ކަމުގައި "ކޯނޭ" ބްރޭންޑުގެ އެސްކެލޭޓާ ވެސް އެސްޓީއޯއިން ތައާރަފުކޮށްފިއެވެ.

މީގެ ކުރިން އެސްޓީއޯއިން ވަނީ އެ ބްރޭންޑުގެ ލިފްޓު ރާއްޖެއަށް ތައާރަފުކޮށްފަ އެވެ.

ކޯނޭ އެސްކެލޭޓާ އެންމެ ފުރަތަމަ ހަރުކުރެވިގެންދާނީ އެސްޖޭ ކޮންސްޓްރަކްޝަންއިން ހުޅުމާލޭގައި ހަދަމުންގެންދާ އެސްޖޭ ޝޮޕިންގް މޯލްގައެވެ.

އެސްކެލޭޓާ ރާއްޖެ ގެނެސް އިންސްޓޯލް ކޮށްދިނުމަށް އެސްޓީއޯއާއި އެސްޖޭ ކޮންސްޓްރަކްޝަންއާ ދެމެދު  މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މިއެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމަންއެވެ. އެސްޖޭ ކޮންސްރަކްޝަންގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑައިރެކްޓަރު ޝިހާދު އިބްރާހިމްއެވެ.

ފިންލޭންޑްގެ އުފެއްދުމެއްކަމަށްވާ "ކޯނޭ" އެސްކެލޭޓަރ އަކީ ރައްކާތެރި އަދި ތިމާވެއްޓާއި ރަހުމަތްތެރި އުފެއްދުމެކެވެ. 2020 ވަނަ އަހަރު "ފޯބްސް"އިން ހޮވާ އެންމެ ވަރުގަދަ ކުންފުނިތަކުގެ ތެރޭގައި ހިމެނިފައިވާ "ކޯނޭ"ގެ ޕްރޮޑަކްޓްތަކަކީ ރާއްޖޭގެ ގިނަ ކޮންޓްރެކްޓަރުންނާއި އިންޖިނިއަރުންގެ އިތުބާރު ލިބިފައިވާ އުފެއްދުންތަކެކެވެ.

އަދި މިޕްރޮޑަކްޓަކީ އައިއެސްއޯ 14001 ސޭފްޓީ މިންގަނޑުތަކުގައި ހިމެނުމުގެ އިތުރުން، އެންޓި ރައިޑް / އެންޓި ސަރފް ބެރިޔަރ އަދި ބަލުސްޓްރޭޑް އެކްސްޓެންޑްކޮށް، ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ އުފެއްދުމެއްވެސް މެއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ގްރީން އެވޯޑްތަކެއް ހޯދާފައިވާ "ކޯނޭ" ބްރޭންޑްގެ އެސްކެލޭޓާގައި ހިމެނޭ ތިމާވެއްޓާއި ރަހުމަތްތެރި ކަންތައްތަކުގެ ތެރޭގައި ހައި-ސްޕީޑް މޯޓަރު ބޭނުންކޮށް ފުލް ސްޕީޑުގައި ކަރަންޓް ބޭނުންކުރެވޭ މިންވަރު ކުޑަ ކޮށްދިނުމާއި، ލުބްރިކޭޝަން-ފްރީ ސްޓެޕް ޗެއިން ބޭނުންކުރުމުގެ އިޚްތިޔާރުލިބި، ތެޔޮ ބޭނުން ނުކޮށް އެސްކަލޭޓަރ ސާފުކުރެވި، ފަސޭފައިން މެއިންޓެއިންކުރުމަށް މަގުފަހި ކުރެވުން ހިމެނެއެވެ.

އަދި ދެމެހެއްޓެނިވި ލެޑް ލައިޓް އިން 80 އިންސައްތަ އާ ހަމައަށް ކަރަންޓު ހަރަދު ކުޑަކޮށްދެއެވެ. މީގެ އިތުރުން އީކޯ-އެފިޝަންޓް އޮޕަރޭޝަނަލް މޯޑުގައި އެސްކަލޭޓާ އޮޕަރޭޓްކުރެވުންވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް