ފޮނަދޫގައި މަސްއޫދަށް ހަމަލާދިން މައްސަލައިގަ މީހަކު ހައްޔަރުކޮށްފި

ލ. ފޮނަދޫގައި ދަގަނޑުބުރިއަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. އެ ހަމަލާ ދީފައިވަނީ ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު އަލީ އަށެ...

04 Aug 2021 | 08:30

ލ. ފޮނަދޫގައި ދަގަނޑުބުރިއަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ ހަމަލާ ދީފައިވަނީ ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު އަލީ އަށެވެ. އޭނާއަށް ހަމަލާދީފައިވަނީ ރޭ އަންހެނުންނާއި އެކު ސައިކަލުގަދަނިކޮށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 9:13 ހާއިރު ކަމަށެވެ. ފުލުހުން ބުނީ އެ މާރާމާރީގައި 35 އަހަރުގެ މީހަކަށް އަނިޔާވެގެން ފޮނަދޫ ހެލްތް ސެންޓަރުގައި ފަރުވާ ދީފައިވާ ކަމަށެވެ.

މި މައްސަލައިގަ 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު 2:10 ހާއިރު އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެމީހާ މީގެ ކުރިން މަސްއޫދުގެ ކާރުގައި ރޯކޮށްލާފައިވާ ކަމަށްވެސް މަސްއޫދު ތުހުމަތު ކުރެ އެވެ. އެކަމަކު ތަކުރާރުކޮށް މަސްއޫދަށް އެމީހާ ހަމަލާދެމުންދާ ސަބަބެއް ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް