އެތައް މަހެއް ފަހުން ނިކް ގެއަށް ދިއުމުން ޕްރިޔަންކާ އުފަލުން ފޮޅިފައި

ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އާއި ފިރިމީހާ ނިކް ޖޯނަސް އާއި ބައްދަލުނުވާތާ އެތައް މަހެއް ވެއްޖެ އެވެ. ޕްރިޔަންކާ މިއަހަރު ކުރީކޮޅުން ފެށިގެން ދިރިއުޅެމުންދަނީ މަސައްކަތެއްގ...

04 Aug 2021 | 08:05

ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އާއި ފިރިމީހާ ނިކް ޖޯނަސް އާއި ބައްދަލުނުވާތާ އެތައް މަހެއް ވެއްޖެ އެވެ.

ޕްރިޔަންކާ މިއަހަރު ކުރީކޮޅުން ފެށިގެން ދިރިއުޅެމުންދަނީ މަސައްކަތެއްގައި އިނގިރޭސިވިލާތުގެ ލަންޑަންގައި އެވެ. ނިކް އުޅުނީ މަސައްކަތުގައި އޭނާގެ އުފަން ގައުމު އެމެރިކާގެ ލޮސް އެންޖަލެސްގައި އެވެ.

ނިކް ވަނީ އިއްޔެ މަސައްކަތުން ވަގުތުކޮޅެއް ހުސްކޮށްލައިގެން ޕްރިޔަންކާ ކައިރިއަށް ލަންޑަނަށް ގޮސްފައި އެވެ. ނިކް ގެއަށް ދިއުމުން ވީ އުފަލުން ޕްރިޔަންކާ ނިކް ގައިގަ ބައްދައިގެން ހުރެ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފައިވެ އެވެ.

އެ ޕޯސްޓުގައި ބުނެފައިވަނީ އޭނާ ގޭގައި އެބަހުރި ކަމަށެވެ. އަދި ހިތް އިމޯޖީއެއް ޖަހާފައިވެ އެވެ.

ޕްރިޔަންކާ ވަނީ މިވޭތުވެދިޔަ ދުވަސް ތަކުގައި ނިކް މަތިން ހަނދާންވާވަރުން ސޯޝަލް މީޑިއާގައި އެތައް ޕޯސްޓުތަކެއް ހަނދާން ވާވަރު ބުނެދިނުމަށް ކޮށްފަ އެވެ.

https://www.instagram.com/p/CSHtsFgniSw/

ޕްރިޔަންކާ ނިކް މަތިން ހަނދާންވާ ބައެއް ފަރަކު އެކަން ހާމަ ކުރުމުގެ ގޮތުން އިންސްޓަގްރާމް ސްޓޯރީއަށް އެކަން ހިއްސާ ކުރާ ނަމަ ބުނަނީ ހުސްވަގުތު ހޭދަކުރަނީ އޭނާ ގެންގުޅޭ ކުއްތާތަކާއި އެކު ކަމަށެވެ. ޕްރިޔަންކާ އާއި ނިކް ގޭގައި ތިން ކުއްތާ ގެންގުޅެ އެވެ.

އޭގެ ތެރެއިން ޑަޔާނާ ކިޔާ ކުއްތާ އަކީ ނިކް އާއި ޕްރިޔަންކާގެ ކައިވެނީގެ އަހަރީ ދުވަހު ނިކްއަށް ޕްރިޔަންކާ ހަދިޔާއަކަށް ލޯބިން ދިން އެއްޗެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް