އެމްޑީޕީގެ "މެއި ހައެއް" ކޮމިޓީން ކޮމިއުނިކޭޝަން އޮތޯރިޓީއާ ބައްދަލުކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގަށް ފާރަވެރިވާން އެމްޑީޕީގައި އެކުލަވާފައިވާ "މޭ ހައެއް" ކޮމިޓީން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) އާ ބައްދަލު ކުރައ...

04 Aug 2021 | 07:51

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގަށް ފާރަވެރިވާން އެމްޑީޕީގައި އެކުލަވާފައިވާ "މޭ ހައެއް" ކޮމިޓީން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) އާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ރައްޔިތުންގެ މަޖިލިހުގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފްއާއި، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖްއާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒުއެވެ.

މި ބައްދަލުވުންތަކުގައި ކުރެވޭ މަޝްވަރާތަކާއި ދެކެވޭ ވާހަކަތަކުގެ މާ ބޮޑު ތަފްސީލެއް ހާމައެއް ނުކުރެއެވެ. އެހެންވެ ބޮމުގެ ހަމަލާގެ މައްސަލައާ ގުޅިގެން ކެމްގެ އިސްވެރިންނާ ބައްދަލު ކުރި ސަބަބެއް ސާފެއް ނުވެއެވެ.

އެމްޑީޕީގައި އެކުލަވާލާފައިވާ މި ކޮމިޓީން މިހާތަނަށް ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި ބައްދަލު ކޮށްފައި އެވެ.

މީގެ އިތުރުން އެ ތަހުގީގަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ މަންދޫބެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ އިނގިރޭސިވިލާތުގެ އައްބާސް ފާއިޒްއާ ވެސް ބައްދަލުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް