ސްޕެއިން މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރާ ކެމްޕެއިނެއް ފަށައިފި

"އައިބީރިޔާ" އެއާލައިން އާ ގުޅިގެން ސްޕެއިން މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީރްސީން ކެމްޕެއިނެއް ފަށައިފި އެވެ. އެމްއެމްޕީއާރްސީން ބުނީ، ރާއްޖެ އަކީ ޓޫރިސްޓުންނަށް ރައްކާތެރި އަދި ހިތް...

04 Aug 2021 | 07:43

"އައިބީރިޔާ" އެއާލައިން އާ ގުޅިގެން ސްޕެއިން މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީރްސީން ކެމްޕެއިނެއް ފަށައިފި އެވެ.

އެމްއެމްޕީއާރްސީން ބުނީ، ރާއްޖެ އަކީ ޓޫރިސްޓުންނަށް ރައްކާތެރި އަދި ހިތްގައިމު މަންޒިލެއްގެ ގޮތުގައި، މި ކެމްޕެއިނުގައި އިޝްތިހާރު ކުރާނެ ކަމަށެވެ. އަދި މި ކެމްޕެއިނުން ޔޫރަޕުގެ ގައުމުތަކުގައި ރާއްޖެ އިތުރަށް މަޝްހޫރުވާނެ ކަމަށާއި، އަމާޒަކީ ސްޕެއިނުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުން ކަމަށްވެސް އެމްއެމްޕީއާރްސީން ބުނެއެވެ.

ޖުލައި މަހުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކެމްޕެއިނުގައި އޮންލައިން މީޑިއާގެ އިތުރުން ސޯޝަލް މީޑިއާގައި އެކި ހަރަކާތްތައް ކުރިއަށް ދާނެ އެވެ.

ޓޫރިސްޓުން ރާއްޖެއާ މެދު ޝާއުގުވެރިކަން އުފައްދައި، ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ހިތްގައިމު މަންޒިލުކަން ދައްކުވައިދޭ ތަފާތު ޕްރޮމޯޝަންތައް މި ކެމްޕެއިނުގައި ކުރިއަށް ގެންދާނެ އެވެ.

އައިބީރިޔާ އެއާލައިނަކީ ޔޫރަޕް އަދި ލެޓިން އެމެރިކާގެ އެންމެ މަގުބޫލު އެއް އެއާލައިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް