ޝަމީމް ދެއްކެވި ވާހަކަ ދެކޮޅު ނުޖެހޭ: ހައިލަމް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އިއްޔެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަ ދެކޮޅު ނުޖެހޭ ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޟީކަން ކުރިން ކުރެއްވ...

04 Aug 2021 | 07:40

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އިއްޔެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަ ދެކޮޅު ނުޖެހޭ ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޟީކަން ކުރިން ކުރެއްވި އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިއަދު ކުރެއްވި ޓްވީޓެއްގައި ޝަމީމް ދައްކަވާ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށް ވިދާޅުވީ ސާބިތުވާ ވަރަށް ހެކި ހުރިކަމަށް ވިދާޅުވެފައި، އިއުތިރާފްގެ އެއްބަސްވުމެއް ހަމަލާގެ ބައިވެރިޔަކާއިއެކު ހެދުމުންނެވެ. ހައިލަމް ވަނީ ސާބިތުވާ ވަރަށް ހެކި ލިބިފައިވާނަމަ، މީހަކު މަރާލަން ބޮންގޮއްވި މީހަކާއި އެކީ ދައުލަތުން އިޢުތިރާފުގެ އެއްބަސްވުމެއް ހަދަންޖެހޭ ސަބަބަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

ހައިލަމްގެ ފާޑުކިޔުން ޝަމީމަށް އަމާޒުވީ ރައީސް ނަޝީދު އަވަހާރަކޮށްލުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެކަކު ކަމަށްވާ އަދުހަމް އަހްމަދާއިއެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހެދުމުންނެވެ. އިއުތިރާފްގެ އެއްބަސްވުމެއް ހެދުމުން އަދުހަމަށް އަންނަން އޮތް 40 އަހަރުގެ ޖަލު ހުކުމް ވަނީ 23 އަހަރަށް ކުޑަވާނެކަން ކަށަވަރު ވެފައެވެ.

ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މީހުންގެ ތެރެއިން ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރަން މިހާރު ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފައެވެ. ހުރިހާ ދައުވާތަކެއް ވެސް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި އެބަހުރި ކަމަށް ޕީޖީ ޝަމީމް އިއްޔެ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް