އެސްޓީއޯ ފާމަސީތަކުގައި ޕްލާސްޓިކު ކޮތަޅު ބޭނުން ކުރުން ހުއްޓާލައިފި އެވެ.
އެސްޓީއޯއިން ބުނީ މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި ހުރި އެސްޓީއޯ ފާމަސީތަކުން ބޭސް އަޅާފައިދޭނީ ކަރުދާސް ކޮތަޅުގައި ކަމަށެވެ.
އަދި ހުރިހާ ސަރަހައްދެއްގެ ފާމަސީތަކުން މެދުނުކެނޑި ކަރުދާސް ކޮތަޅުގައި ބޭސް ދޫކުރެވޭނެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށް ބުނެ އެވެ.
މިގޮތަށް އަމަލު ކުރަން ކުރަން ފަށާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ މި މަސައްކަތަކީ އެންވަޔަރަމަންޓު މިނިސްޓްރީން ކުރިޔަށް ގެންދާ އެއްފަރު ބޭނުންކޮށްފައިވާ އުކާލާ ޕްލާސްޓިކް ބޭނުން ކުރުން މަނާ ކުރުމުގެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ފެށި ކަމެއްކަމަށެވެ.
އަދި އެސްޓީއޯ އަކީ ޕްލާސްޓިކް ފްރީ ތިމާވެއްޓާއި ރައްޓެހި މުވައްޒަފުންތަކެއް މަސައްކަތް ކުރާ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރާ ކަމަށް ބުނެ އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯއިން ފާމަސީގެ ހިދުމަތް ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް