އއ. ހިމަންދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މާލެއިން ދިޔަ މީހަކު ކޯވިޑަށް ޕޮސިޓިވް ވެގެން ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ބުނެފި އެވެ.
ކޯވިޑް-19ށް މީހަކު ޕޮޒިޓިވްވެ އއ. ހިމަންދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ އިއްޔެ އެވެ.
އެރަށުގެ ސިއްހީ މަރުކަޒުން، ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން ރެއާއި ހިސާބަށް 28 މީހެއްގެ ސާމްޕަލް ނަގާފައިވެ އެވެ.
އޭގެ ތެރެއިން މިހާތަނަށް ހަތަރު މީހަކު ޕޮސިޓިވްވެފައިވެ އެވެ. ހިމަންދޫ ސިއްހީ މަރުކަޒުން ބުނީ ނެގި ސާމްޕަލްތަކުގެ ތެރެއިން 16 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.
ހިމަންދޫ މޮނިޓަރިންގެ ހާލަތަށް ގެނައުމާ ގުޅިގެން އެރަށަށް އަރައި ފޭބުން މަނާވާނެއެވެ.
ހިމަންދޫގެ އިތުރުން އިއްޔެ ލ. ފޮނަދޫ އާއި ގަން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް