އެޗްޑީސީގެ މުވައްޒަފަކަށް ކޯވިޑް ޖެހިގެން ފްލެޓު އެއްބަސްވުމުގައި ސޮއި ކުރުން މެދުކަނޑާލައިފި

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއި ކުރުން މެދުކަނޑާލައިފި އެވެ. އެޗްޑީސީން މިއަދު ބުނީ ޕޮސިޓިވްވި މުވައް...

04 Aug 2021 | 05:20

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއި ކުރުން މެދުކަނޑާލައިފި އެވެ.

އެޗްޑީސީން މިއަދު ބުނީ ޕޮސިޓިވްވި މުވައްޒަފަކީ ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި މުވައްޒަފެއް ކަމަށެވެ. މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމީ އެ މުވައްޒަފު އެތަނުގައި މަސައްކަތް ކޮށްފައިވާތީ ކަމަށް އެޗްޑީސީން ބުނެ އެވެ.

ކެންސަލް ކޮށްފައިވަނީ މިއަދުގެ 10:00 އިން ފެށިގެން ތާވަލު ކުރެވިފައިވާ ފަރާތްތަކުގެ އެއްބަސްވުން ސޮއި ކުރުމެވެ. އެޗްޑީސީން ބުނީ އެ ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއި ކުރުން ކުރިޔަށް ގެންދާނެ ތާރީހެއް އެ ކޯޕަރޭޝަނުން ފަހުން އަނގާނެ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް އަލުން ފަށާނެ ތާރީޚެއް، ކަނޑައަޅާނީ ހެލްތު ޕޮރެޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މަޝްވަރާ ކުރުމަށްފަހު ކަމަށް ބުންޏެވެ.

ހިޔާ ފްލެޓު ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ14 ވަނަ ދުވަހު އެވެ. އެ މަސައްކަތް އީދާއި މިނިވަން ދުވަހުގެ ބަންދަށް މެދުކަނޑާލި އެވެ.

އެޗްޑީސީން ތާވަލުކޮށްފައި އޮތީ މިމަހުގެ15 ގެ ނިޔަލަށް އެ މަސައްކަތް ނިންމާށެވެ. އެކަމަކު މުވައްޒަފަކު ޕޮސިޓިވްވުމުން މަސައްކަތް ހުއްޓާލަން ޖެހުމުން އެއްބަސްވުމުގައި ސޮއިކޮށް ނިމޭ ތާރީހަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް