ފޮނަދޫގައި ދަގަނޑުބުރި އަކުން ޖަހައި މީހަކު ޒަހަމްކޮށްލައިފި

ލ. ފޮނަދޫގައި ދަގަނޑުބުރި އަކުން ޖަހައި މީހަކު ޒަހަމްކޮށްލައިފި އެވެ. އެނގިފައިވާ ގޮތުގައި މި ހަމަލާގައި ޒަހަމްވެފައި ވަނީ ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއެވެ. . އޭނާއަށް ހަމަލާދީފައިވަނީ ލ...

04 Aug 2021 | 05:08

ލ. ފޮނަދޫގައި ދަގަނޑުބުރި އަކުން ޖަހައި މީހަކު ޒަހަމްކޮށްލައިފި އެވެ.

އެނގިފައިވާ ގޮތުގައި މި ހަމަލާގައި ޒަހަމްވެފައި ވަނީ ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއެވެ.

.

އޭނާއަށް ހަމަލާދީފައިވަނީ ލ. ފޮނަދޫގައި އަންގާރަ ދުވަހުގެ ރޭ 9:30 ހާއިރެވެ. ހަމަލާދިނުމަށް މަސައްކަތް ކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ވެސް އާއްމުވެފައިވާއިރު، މަސްއޫދަށް ހަމަލާ ދިނުމަށް، ސައިކަލުގައި އިން މީހާ ދަގަނޑުބުރިން ޖަހަން މަސައްކަތް ކުރާ މަންޒަރު ފެނެއެވެ.

އޭނާއަށް ހަމަލާދީފައިވަނީ ލ. ފޮނަދޫގައި އަންގާރަ ދުވަހުގެ ރޭ 9:30 ހާއިރެވެ. ހަމަލާދިނުމަށް މަސައްކަތް ކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ވެސް އާއްމުވެފައިވާއިރު، މަސްއޫދަށް ހަމަލާ ދިނުމަށް، ސައިކަލުގައި އިން މީހާ ދަގަނޑުބުރިން ޖަހަން މަސައްކަތް ކުރާ މަންޒަރު ފެނެއެވެ.

ހަމަލައާ ގުޅިގެން، މަސްއޫދު ބުނެފައިވަނީ އަންހެނުންނާއެކު ސައިކަލް ދުއްވާލަން ނިކުމެ އުޅެނިކޮށް ދަގަނޑު ބުރިއަކުން ބޮލުގައި ޖަހަން މަސައްކަތް ކުރި ކަމަށެވެ. ހަމަލާއިން ދިފާއުވުމަށް އަތް ނެގުމުން ދަގަނޑުބުރި އަމާޒުވީ އަތަށް ކަމަށާއި، އަތް ޒަހަމްވެފައިވާ ކަމަށެވެ.

ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ މީގެ ކުރިން އޭނާގެ އަންހެނުންނާ ވެސް ދިމާކޮށްފައިވާ ކަމަށް މަސްއޫދު ބުނެފައިވެއެވެ. އެކިގޮތްގޮތުން ހަމަލާ ދިނުމަށް މަސައްކަތްކުރި މީހާގެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރި ނަމަވެސް މިއަދާ ހަމައަށް ވެސް އޭނާ ހައްޔަރުކޮށްފައިނުވާ ކަމަށާއި، މިނިވަން ކަމާއެކު ދިރިއުޅެމުންދާ ކަމަށް މަސްއޫދު ބުނެފައިވެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މަސްއޫދުގެ ކާރު ފޮނަދޫގައި ބާއްވާފައި އޮއްވައި، ކާރުގައި ވެސް ވަނީ ރޯކޮށްލާފައެވެ. އަންގާރަ ދުވަހުގެ ރޭ އޭނާއަށް ހަމަލާ ދިނީ ވެސް ކާރު ވެސް ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާއެވެ. އަދި އެ މީހާ އެކި ފަހަރުމަތިން މަސްއޫދަށް އިންޒާރު ދީފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި މައްސަލާއާ ގުޅޭ ގޮތުން ފުލުހުންގެ ކޮމެންޓެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް