ފަރީދީ މަގު އެފްޑީއައި ކައިރިން މަރުވެފައި އޮއްވާ ފެނުނީ ކުއްޖެއް ނޫން ކަމަށް އައިޖީއެމް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެއީ އިންސާނެއް ނޫން ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ޔަގީންކޮށްދީފައިވާ ކަމަށެވެ.
ތުއްތު ކުއްޖަކާ ވައްތަރު އެ އެތި ފެނިފައިވަނީ މިއަދު މެންދުރު 11:30 ހާއިރު ފަރީދީމަގުގައި ހުންނަ ސަރަހައްދުން ދިޔަ އާއްމުންގެ ބަޔަކަށެވެ.
ފަރީދީމަގު އެފްޑީއައި ކައިރިން ތުއްތު ކުއްޖަކު މަރުވެފައި އޮއްވައި ފެނުނު ކަމަށް މީޑީއާތަކުން ރިޕޯޓް ކުރީ، އެއީ ތުއްތު ކުއްޖެއް ކަމަށް ފުލުހުން ބުނުމުންނެވެ.
އެމައްސަލަ ހުށަހެޅުމައެކު ފުލުހުންވަނީ އެސަރަހައްދަށް ގޮސް އެ މައްސަލަ ބަލަން ފަށާފައެވެ.
މަންޒަރު ދުށް މީހުން އޭރު ބުނި ގޮތުގައި އެކުއްޖާއަކީ ދުވަސް ނުފުރާ ވިހާފައި އޮތް ކުއްޖެކެވެ. އަދި ފެންނަ ފެނުމަށް އެކުއްޖާވަނީ އަތްތިލައެއް ވަރު ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް