ވިހެއުމަށްފަހު އެއްލާލާފައި އޮތް ތުއްތު ކުއްޖަކު މާލެއިން ފެނިއްޖެ

ވިހެއުމަށްފަހު އެއްލާލާފައި އޮތް ތުއްތު ކުއްޖަކު މާލެއިން ފެނިއްޖެ އެވެ. އެ ކުއްޖާ ފެނިފައިވަނީ ފަރީދީ މަގު އެފްޑީއައި ފޮޓޯ ސްޓޭޝަން ކައިރިންނެވެ. ފުލުހުންގެ މަޢުލޫމާތު ދެއްވި ގޮތުގައި މަގުއްޗަށް އެއް...

04 Aug 2015 | 07:09

ވިހެއުމަށްފަހު އެއްލާލާފައި އޮތް ތުއްތު ކުއްޖަކު މާލެއިން ފެނިއްޖެ އެވެ. އެ ކުއްޖާ ފެނިފައިވަނީ ފަރީދީ މަގު އެފްޑީއައި ފޮޓޯ ސްޓޭޝަން ކައިރިންނެވެ.

ފުލުހުންގެ މަޢުލޫމާތު ދެއްވި ގޮތުގައި މަގުއްޗަށް އެއްލާލާފައި އޮތް ކުއްޖަކު ފެނިގެން ރިޕޯޓު ކުރީ މިއަދު 11:30 ހާއިރު ކަމަށެވެ. އަދި އެކުއްޖާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި ކުއްޖާ އަކީ ދުވަސް ނުފުރާ ވިހާފައިވާ ކުއްޖެކެވެ.

މަރުވެފައި އޮއްވައި ފެނުނު ތުއްތު އެކުއްޖާ އަތްތިލައެއްހާ ކުޑައިރު، އެކުއްޖާގެ ހަށިގަނޑުން ވަކިވަނީ ބޮލާއި އަތް އެކަންޏެވެ.

އަދި މި ކުއްޖާ ފެނުނު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މި މައްސަލައިގައި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް އަދި ގެނެވިފައިނުވާ ކަމަށް ވެސް މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.

ވިހެއުމަށްފަހު އެއްލާލާފައި އޮތް ކުއްޖެއް މާލެ މަގުމަތިން ފެނުނުއިރު، ވިހެއުމަށްފަހު އެއްލާލާފައިވާ ތުއްތު ކުއްޖަކު ބ. ތުޅާދޫ ގެއެއްގެ ފާހާނާ ތެރެއިން ވެސް މިދިޔަ އަންގާރަ ދުވަހު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. މި މައްސަލައިގައި އެކުއްޖާގެ މަންމަ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް