ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު މާލެއިން އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 35 އަހަރުގެ ފިރިހެނަކާއި 43 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީވެސް ދިވެހިންނެވެ.
ފުލުހުން ހާމަުރާ ގޮތުގައި މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އޮޕަރޭޝަން ޔުނިޓަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި ދެމީހުންނަށް ހަރަކާތްތަކަށް ފާރަލަމުންގޮސް ރޭ 01:15 ހާއިރު ސްޓެލްކޯ ކައިރިން ސައިކަލެއްގައި ދަނިކޮށްކަމަށެވެ.
މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މި ދެމީހުން ގެންގުޅުނު ދަބަސް ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި 3 ދަޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 6 ރަބަރު ޕެކެޓް ފެނިފައި ވާކަމަށްވެސް ފުލުހުން ބުނެއެވެ.
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމީހުންގެ ތެރެއިން 35 އަހަރުގެ މީހާއަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ.
މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް